ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފުވައްމުލައް

ފުވައްމުލައް އަނެއްކާވެސް ބަންދުކޮށްފި

ރަށު ތެރޭގައި ކޮވިޑް ފެތުރޭވަރު ގިނަވެ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފުވައްމުލަކު ސިޓީ އަނެއްކާ ވެސް ބަންދު ކޮށްފި އެވެ.

މިއީ މި އަހަރުގެ ތެރޭގައި އެ ސިޓީއަށް އަރާފޭބުން މަނާކުރި ތިންވަނަ ފަހަރެވެ. އެންމެ ފަހުން ބަންދުކުރީ މޭ މަހު އެވެ. އޭގެ ތިން މަސް ފަހުން އެ ސިޓީއަށް އެރުމުގެ ހުއްދަ އެޗްޕީއޭއިން ދިނެވެ. ނަމަވެސް އޭރުވެސް ކޮވިޑްގެ ކޭސްތަކެއް ރަށުން ފެނެ އެވެ.

އޮގަސްޓު ފަހެއްގައި އެޗްޕީއޭ ބަންދުން ވީއްލި ފުވައްމުލަކު ސިޓީ އަނެއްކާ މޮނިޓަރިންނަށް ލާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އެއީ ބަލި ފެތުރެމުންދާ މިންވަރު އިތުރުވެ، ނަންބަރު 200 އަށް އެރުމުންނެވެ.

ފުވައްމުލަކުގެ އިތުރުން 19 ރަށެއް އެޗްޕީއޭއިން ވަނީ ބަންދު ކޮށްފަ އެވެ. އޭގެ ތެރޭގައި މޭ މަހު މޮނިޓަރިންއަށް ލާފައިވާ ރ. ދުވާފަރު ވެސް ހިމެނެ އެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން ހަތަރު ރަށެއް އަދިވެސް އޮތީ ބަންދުކޮށްފަ އެވެ. އެއީ ށ. ފީވައް، ކ. ކާށިދޫ، ހއ. ތަކަންދޫ އަދި ދ. ކުޑަހުވަދޫ އެވެ.

މި މަހުގެ ބަންދު ކުރި 13 ރަށެއް މި ލިސްޓުގައި އަދިވެސް ހިމެނެ އެވެ. އެއީ އއ. ހިމަންދޫ އާއި ހދ. މަކުނުދޫ އާއި ބ. އޭދަފުއްޓާއި ބ. ކަމަދޫ، އދ. ހަންޏާމީދޫ، ހދ. ނަޑެއްލާ، ހއ. އިހަވަންދޫ، ގދ. ތިނަދޫ، އދ. ދަނގެތި، ގއ. މާމެންދޫ، ގއ. ކަނޑުހުޅުދޫ އަދި މ. މަޑުއްވަރީ ކަނޑުހުޅުދޫ އެވެ.