އެލްޖީއޭ

އެލްޖީއޭގެ ސީއީއޯ ޑރ. ޝުކުރީ އިސްތިއުފާ ދެއްވައިފި

Nov 24, 2015

ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) ސީއީއޯ ޑރ. އަހުމަދު ޝުކުރީ ހުސައިން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޑރ. ޝުކުރީ އަކީ ގަވަނަންސްގެ ދާއިރާއިން މަތީތައުލީމް ހާސިލްކޮށްފައިވާ އަދި އެޓޯލްސް މިނިސްޓްރީ އާއި ޔޫއެންޑީޕީގައި ވެސް މަސައްކަތްކުރައްވާ ލާމަރުކަޒީ ނިޒާމްގެ ތަޖުރިބާކާރެކެވެ. އޭނާ އެލްޖީއޭގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވީ މީގެ ހަތަރު އަހަރު ކުރިންނެވެ. ކުއްލި ގޮތަކަށް މިއަދު އޭނާ އިސްތިއުފާ ދެއްވި ނަމަވެސް އޭގެ ސަބަބެއް ސާފެއް ނުވި އެވެ.

އެލްޖީއޭއަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދާގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ 2010 ވަނައަހަރުގެ އޮގަސްޓް މަހުގެ ހަތަރު ވަނަދުވަހު އުފައްދަވާފައިވާ މުއައްސަސާއެކެވެ.

ދެހާސް ދިހަ ވަނަ އަހަރު ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވަނީ 2010 ވަނައަހަރުގެ އެޕްރީލްމަހުގެ 28 ގައެވެ.