ގޭގޭގެ ސެކިއުރިޓީއަށް ހާއްސަކޮށްގެން ލިންކްސާވް އިން ވިއްކާ ހިކްވިޝަން ބްރޭންޑްގެ ޕްރޮމޯޝަނެއް ފައްޓައިފި އެވެ.
ލިންކްސާވް އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ހިކްވިޝަން ބްރޭންޑްގެ ޑޯފޯން ސިސްޓަމްސްގެ ދެ ޕެކޭޖެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި ކުރިން ސިސްޓަމް އަޅުވާފައި ތިބި މީހުންނަށް އެންމެ ފަހުގެ ހިކްވިޝަން ޑޯފޯން ސިސްޓަމަކަށް ބަދަލު ކޮށްލަން ބޭނުންވާނަމަ އެފުރުސަތު ވެސް ވަނީ ހުޅުވައިލާފަ އެވެ.
އެގޮތުން މިހާރު އަޅުވާފައި ހުރި އެނަލޮގް ސިސްޓަމް ލިންކްސާވްއަށް ދިނުމަށްފަހު އަލަށް ނަގާ ސިސްޓަމް މި ޕްރޮމޯޝަންގެ ދަށުން ބޮޑުތަން އަގު ހެޔޮ ވާނެ އެވެ.
މި ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. މި މުއްދަތުގެ ތެރޭގައި ހިކްވިޝަން ބްރޭންޑް ގެ ހުރިހާ ޕްރޮޑަކްޓްއަކަށް 10 ޕަސެންޓްގެ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ.
ލިންކްސާވް އިން ބުނީ މި ޕްރޮމޯޝަން ހިންގުމުގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ އިގްތިސާދީ ހާލަތު ދަށްވެ، ރައްޔިތުންގެ މާލީ ތަނަވަސްކަމަށް ނޭދެވޭ ބަދަލުތަކެއް އައިސްފައިވާ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް ވިހާވެސް ހެޔޮ އަގެއްގައި ތަކެތި ފޯރުކޮށްދިނުމެވެ.