އެޓާނީ ޖެނެރަލް

ނުކުޅެދޭމީހުނާ ގުޅޭ ގާނޫނުގެ އޯޑިއޯ އާންމުކޮށްފި

Aug 26, 2021

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގާނޫނާއި ގަވާއިދުގެ އޯޑިއޯ ރެކޯޑިންއެއް އެޓާނީ ޖެނެރަލްގެ އޮފީހުން އާންމު ކޮށްފި އެވެ.

އޭޖީ އޮފީހުން މިއަދު ބުނީ މި މަސައްކަތަކީ މީހުން ގާނޫނުތަކަށް އަހުލިވެރިކުރުމުގެ ގޮތުން އެ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގަވާއިދުގެ އޯޑިއޯ ރެކޯޑިންތައް މިހާރު ވަނީ އާންމުކޮށްފަ އެވެ.

އޭޖީ އޮފީހުގެ ވެބްސައިޓް އަދި އެމްވީލޯ ވެބްސައިޓުގައި ވަނީ މި ރިކޯޑިންތައް މިހާރު ވަނީ އާންމުކޮށްފަ އެވެ.

އޭޖީ އޮފީހުން ބުނިގޮތުގައި މި މަސައްކަތަކީ އެ އޮފީހުގެ ގާނޫނުތަކާއި ގަވާއިދުތައް ޝާއިއުކުރާ ވެބްސައިޓަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވާސިލްވުމަށް ކުރާ މަސައްކަތެއް ކަމަށެވެ. މީގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުން ގާނޫނުތަކަށް އަހުލުވެރިވާނެ ކަމަށް ވެސް ބުންޏެވެ.

މިކަމަށް މީހުން ހޭލުންތެރިކުރުމަށް ކުރިއަށް އޮތްތަނުގައި އިތުރު ގާނޫނުތަކާއި ގަވާއިދުތަކުގެ އޯޑިއޯ ރިކޯޑިން ހެދުމަށްފަހު އާންމުކުރާނެ ކަމަށް ވެސް އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ.