ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގދ. ތިނަދޫ

ކޮވިޑްގައި ތިނަދޫން މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މިރޭ މަރުވެއްޖެ އެވެ.

ކޮވިޑްގައި މަރުވީ ގދ. ތިނަދޫ މީހެކެވެ. އެ ރަށުގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އިރުއޮއްސި 6:30 ގައި މަރުވެފައިވަނީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

މި މަރާއެެކު ތިނަދޫން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ތިނަކަށް އެރީއެވެ. އެއީ ރާއްޖޭގެ 226 ވަނަ ކޮވިޑް މަރެވެ.

ގދ. ތިނަދޫއަކީ ކޮވިޑްގައި ވަރަށް ބޮޑަށް ހާލަތު ގޯސްވި ރަށެކެވެ. އެތައް ދުވަހެއް ވަންދެން ބަންދުކޮށް ހަރުކަށި ފިޔަވަޅުތަކާއެކު އެ ރަށް ހުޅުވާލީ ދާދި ފަހުންނެވެ. އެކި ފަހަރު މަތިން ހާލަތު ގޯސްވެ ތިނަދޫ މޮނިޓަރިންއަށްވެސް ލާން ޖެހުނެވެ.