ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގދ. ތިނަދޫ

ތިނަދޫއަށް އަރާ ފޭބުން މަނާކޮށްފި

ގދ. ތިނަދޫއަށް އަރާ ފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާ ކޮށްފި އެވެ.

ތިނަދޫ މޮނިޓަރިންއަށް ގެނެސް އެ ރަށަށް އަރާ ފޭބުން މަނާކުރީ ތިނަދޫއިން މާލެ އައި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެ ދެ މީހުންނަށް ބަލި ޖެހިފައިވާކަން އެނގުނީ ތިނަދޫގައި އުޅުމަށްފަހު މާލެ އައި ފަހުންނެވެ. އެ ދެ މީހުންނަކީ އެޗްޕީއޭއިން ދޭ ހާއްސަ ހުއްދައިގެ ދަށުން ތިނަދޫއަށް ދިޔަ ދެ މީހުންނެވެ.

އެޗްޕީއޭއިން ބުނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ތިނަދޫއަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު މި ފަހުން ކޮންމެ ދުވަހަކުވެސް 100 ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުން ދެއެވެ. އެކަމާއި ގުޅިގެން އުސޫލުތައް ހަރުކަށިކޮށް ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުންވެސް މިހާރު ރަށްރަށަށް ދެވޭނީ ކޮވިޑްގެ ނެގެޓިވް ނަތީޖާއަކާއެކުގައެވެ.