ޓެކްނޯލޮޖީ

ވިންޑޯސް 11 އޮކްޓޫބަރު މަހު ރިލީޒް ކުރަނީ

މައިކްރޮސޮފްޓުގެ އެންމެ ފަހުގެ އޮޕަރޭޓިންގް ސިސްޓަމް (އޯއެސްް) މި އަހަރުގެ އޮކްޓޫބަރު މަހު ރިލީޒް ކުރާ ކަމަށް، އެ ކުންފުނިން ނެރުނު މާކެޓިންގް މެޓީރިއަލްތަކަކުން ދައްކައިފި އެވެ.

ވިންޑޯސްް 10 ނެރުނުތާ ހަ އަހަރު ފަހުން ދައްކާލާފައިވާ މި އޯއެސް މީގެ ކުރިން ނިންމާފައި ވަަނީ ނޮވެމްބަރު ނުވަަތަ ޑިސެމްބަރު މަހު ނެރުމަށެވެ. އަދި ވަކި ތާރީހެއް އިއުލާން ކޮށްފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ ހަފްުތާ ތެރޭގައި މައިކްރޮސޮފްޓުން ނެރުނު މާކެޓިންގް މެޓީރިއަލްތަކަކުން މި އޯއެސް އޮކްޓޫބަރު 20 ވަނަ ދުވަހު ނެރޭނެ ކަމަށް އިޝާރާތް ކުރެ އެވެ.

މީގެ އިތުރުން ވިންޑޯސް ބޭނުން ކުރާ ގިނަ ބަޔަކަށް ވެސް މައިކްރޮސޮފްޓުގެ ގިނަ އެޕްލިކޭޝަންތަކަކުން އޮކްޓޫބާ ރިލީޒަކަށް އެ ކުންފުނިން ތައްޔާރުވާކަމުގެ އިޝާރާތްތަކެއް ލިބިފައި ވެއެވެ. އެގޮތުން މައިކްރޮސޮފްޓް ޓީމްސް އެޕްލިކޭޝަނަށް އައިސްފައިވާ މެސެޖެއްގައި ވެސް އޮކްޓޯބާގައި މި އޯއެސް ރިލީޒް ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ކޮމްޕިއުޓާ ވިއްކާ އަދި ސާވިސް ޕްރޮވވައިޑާތަކުން ވެސް އޮކްޓޫބަރު މަހު ހިލޭ ވިންޑޯސް 11 އަޕްގްރޭޑް ސަޕޯޓް ކުރާ ޑިވައިސްތަކަށް ކޮށްދޭނެ ކަމަށް ބުނެފައި ވެއެވެ. އެގޮތުން ވޯލްމާޓުން ބުނެފައިވާ ގޮތުގައި އޮކްޓޯބާ މެދުތެރޭގައި އެކުންފުނިން ވިންޑޯސް 11 އަށް އަޕްގްރޭޑް ކޮށްދިނުމުގެ ހިދުމަތް ފޯރުކޮށްދޭން ފަށާނެ އެވެ.

ވިންޑޯސް 11 ނެރެން މައިކްރޮސޮފްޓުން ތައްޔާރުވަމުން ދާއިރު މި އޯއެސް ނެރުމަށް ފަހު ވަކި މުއްދަތަކަށް ހިލޭ އަޕްގްރޭޑް ކުރެވޭނެ އެވެ.