މަތީ ތައުލީމް

މައި ކޮލެޖާއި ނިލައި ޔުނިވާސިޓީން ކޯސްތަކެއް ފަށަނީ

މައި ކޮލެޖުން ބަޔޯ ޓެކްނޮލޮޖީ ކޯސްތަކެއް ތައާރަފް ކުރަން ނިލައި ޔުނިވާސިޓީއާއެކު މެމޮރެންޑަމް އޮފް އެސޯސިއޭޝަން (އެމްއޯއޭ) އެއްގައި ސޮއި ކުރަން ތައްޔާރުވެފައިވާ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.

މައި ކޮލެޖްއިން ތައާރަފްކުރާ ބަޔޯ ޓެކްނޮލޮޖީ ކޯސްތަކުގައި ފައުންޑޭޝަން އިން ފަށައިގެން ބެޗްލާ އޮފް ސައިންސް ހޮނާސް އާއި ހަމަޔަށް ކިޔެވޭނެ އެވެ. އެގޮތުން ފައުންޑޭޝަން އޮފް ސައިންސް އަކީ އެއް އަހަރު ދުވަވހުގެ ފައުންޑޭޝަން ކޯހެކެވެ. އަދި ޑިޕްލޮމާ އިން ބަޔޯ ޓެކްނޮލަޖީ އަކީ 2 އަހަރު ދުވަހުގެ ކޯހެކެވެ. ބެޗްލާ އޮފް ސައިންސް އޮނާސް އިން ބަޔޯ ޓެކްނޮލަޖީ އަކީ 1 އަހަރު ދުވަހުގެ ކޯހެކެވެ.

މި ކޯސްތަކަކީ މެލޭޝިއާގެ ނިލާއި ޔުނިވާސިޓީއާއި ގުޅިގެން ކުރިއަށް ގެންދާނެ ކޯސްތަކެކެވެ. އެގޮތުން މި ކޯސް ތައާރަފްކޮށް އެމްއޯއޭ ގައި ސޮއި ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 1 ގައެވެ. ރަސްމީޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮޓެލް ޖެންގައި މެންދުރު 2:00 ގަ އެވެ. މި ރަސްމީޔާތު މައި ކޮލެޖް އަދި އަވަސްގެ ފޭސްްބުކް މެދުވެރިކޮށް ލައިވް ކުރާނެ އެވެ.

މައިކޮލެޖްގެ ސެޕްޓެމްބާ އިންޓޭކް މިހާރު ކުރިއަށް ދާއިރު، އެ ކޮލެޖުން ވަނީ ސެޕްޓެމްބާއިންޓޭކްގައި ފަށްޓާނެ އާ ތިން ކޯހެއް އިއުލާންކޮށްފަ އެވެ. މި ކޯސް ތަކަކީ ސެޓްފިކޭޓް ލެވެލް ތިނެއްގެ ދަނޑުވެރި ކަމާ ގުޅޭ ކޯހަކާއި މާސްޓާސް ޑިގްރީ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި މާސްޓާސް ޑިގްރީ އިން އިސްލާމިކް ސްޓަޑީސް އެވެ.

މި ކޯސްތަކަށާއި އެދި މިނޫންވެސް ކޯސްތަކަުގެ އިތުރު މައުލޫމާތު ތަކާއި އަދި އެޕްލައި ކުރުން މައި ކޮލެޖްގެ [ވެބްސައިޓުން] (https://www.micollege.edu.mv/) ކުރެވޭނެ އެވެ.