މާފުށީ ޖަލު

ގިނަ އަދަދަކަށް ޖަލަށް ފޯނާއި ސިމް ވައްދަން އުޅެފި

Aug 30, 2021

މާފުށީ ޖަލަށް ގިނަ އަދެއްގެ ފޯނާއި ސިމް ވައްދަން އުޅުނު މީހަކު ހައްޔަރު ކޮށްފި އެވެ.

އެމީހާ ހައްޔަރު ކޮށްފައި ވަނީ މިއަދު ފުލުހުންނާއި ކަރެކްޝަނަލް ސާވިސް އާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު މިއަދު ވިދާޅުވީ އެމީހާ ހައްޔަރު ކޮށްފައި ވަނީ ޖަލުގެ އޭރިއާގެ ތެރެއިން ކަމަށާއި އޭނާ އުޅުނީ އަތުލައިގަތް ތަކެތި ޖަލަށް ސްމަގްލް ކުރަން ކަމަށެވެ.

އެމީހާ ބަލައި ފާސް ކުރިއިރު 50 ސްމާޓް ފޯނާއި އާދައިގެ 42 ފޯނު ފެނިފައިވެ އެވެ. 109 ޗާޖަރާއި 77 ޔޫއެސްބީ ކޭބެލްގެ އިތުރުން ދިރާގުގެ 49 ސިމް ކާޑާއި އުރީދޫގެ 12 ސިމްކާޑު ފެނުނެވެ.

މީގެ އިތުރުން 65 ހެޑްސެޓާއި ދެކަޓަރު ތިލަ ޕެކެޓްގެ އިތުރުން 10 އިރާކް ސްޓިކާއި އެހެނިހެން ސާމާނު ހިމެނެ އެވެ.

މަނާ ތަކެތި ޖަލަށް ވައްދާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. އެކަމަކު ފޯނާއި މަސްތުވާތަކެތި ފަދަ އެއްޗިއްސަކީ އާންމުކޮށް ޖަލަށް ވައްދާ އެއްޗިއްސެވެ.