މާފުށީ ޖަލު

ޖަލުގެ ޓެރަރިޒަމް އޮޕަރޭޝަން ނިންމާލައިފި

Dec 8, 2022

ޓެރަރިޒަމް އާއި ސްކޭމް ކުރުމަށް މަގުފަހިވާ އަމަލުތަކެއް ހިންގާ ކަމުގެ ތުހުމަތުގައި ސަލާމަތީ ބާރުތަކުން ކ. މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަން ނިންމާލައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ފެށި މި އޮޕަރޭޝަން ނިންމާލާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މި އޮޕަރޭޝަންގައި ޖަލުން ފެނުނު ތަކެއްޗާ ގުޅޭގޮތުން އެއްވެސް އިދާރާ އަކުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މި އޮޕަރޭޝަންގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި ފުލުހުންނާއި ކަަރެކްޝަނަލް ސާވިސް ބައިވެރިވި އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނި ގޮތުގައި އޮޕަރޭޝަން ފެށީ ޖަލަށް މަނާ ތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރަރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

ރާއްޖޭގައި ސްކޭމް ކޯލްގެ މައްސަލަތައް އިތުރުވެފައިވާއިރު ފުލުހުންނަށް މިއަހަރުގެ މިހާތަނަށް ސްކޭމްގެ 998 މައްސަލަ ހުށަހަޅާފައިވެ އެވެ.

ސްކޭމްތަކުގައި 23 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މިމަހުގެ ފަސް ވަނަ ދުވަހު ވިދާޅުވެފަ އެވެ.