ކ. މާފުށީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ގައިދީއަކު އަތުލައިގނެފި އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ގައިދީއެއްގެ ހަށިގަނޑު ބަލައި ފާސްކުރުމުގެ ތެރޭގައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި ވައްދަށް އުޅުނު ގައިދީއަކު އަތުލައިގަނެވިފައިވާ ކަމަށެވެ.
އަތުލައިގަނެވުނު ޑްރަގްސް ފޮރުވާފައިހުރީ ގައިދީގެ ހަށިގަނޑުގެ ފުރަގަސްފަރާތުގައި ކަމަށް އެކްސްރޭއިން ހާމަވިކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ. ފުލުހުންނާއި ގުޅިގެން އެނާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ވަނީ ނަގާފަ އެވެ.
ކޮމިޝަނާ ވަނީ ގައިދީގެ ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ގޮތް ފެންނަ އެކްސްރޭއަކާއި ނެގި މަސްތުވާތަކެތީގެ ފޮޓޯއެއް ވެސް ޓްވީޓްގައި ހިއްސާކުރައްވާފަ އެވެ.
މީގެ ކުރިން ވެސް ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ވަނީ އަތުލައިގަނެފަ އެވެ.