މާފުށީ ޖަލު

ޖަލަށް ޑްރަގު ވައްދަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

Jul 16, 2018
1

މާފުށީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މާފުށީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅޭ ކަމުގެ މައުލޫމާތެއް އިއްޔެ ލިބިގެން ފުލުހާއި އިންޓެލިޖެންސް ގުޅިގެން އޮޕަރޭޝަނެއް ހިންގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ އަންހެނެއް ކަމަށެވެ.

ޖަލު ސަރަހައްދުން އެ އަންހެން މީހާ ހައްޔަރުކޮށް ބަލައި ފާސްކުރި ކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ބުލެޓް ސައިޒުގެ ތިން ޕެކެޓު އޭނާގެ އަތުން ފެނުނު ކަމަށް ވެސް ބުންޏެވެ.

އެ އަންހެން މީހާގެ ބަންދުގެ މުއްދަތު މިހާރު ކޯޓުން ވަނީ ދީފަ އެވެ.