މޯލްޑިވްސް ޕޮލިސް ސާވިސް

މާފުށީ ޖަލަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ ތެކެތި އަތުލައިފި

ރާއްޖޭގެ މައި ޖަލް ކަމަށްވާ ކ. މާފުށީގައި ހުންނަ ޖަލަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ ތަކެތި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަން ސާވިސްއިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެނެފި އެވެ.

ފުލުހުން ބުނީ، މާފުށި ޖަލަށް ގިނަ އަދަދެއްގެ ތެކެތި ވަދަން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު ކަމަށާއި އެވަގުތުން ފެށިގެން ފުލުހުންނާއި ކަރެކްޝަން ގުޅިގެން އޮޕަރޭޝަން ފަށައި، ޖަލަށް ތަކެތި ވައްދަން އުޅުނު ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޖަލަށް ތަކެތި އެތެރެ ކުރަމަށް މަސައްކަތްކުރީ 21 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެކެވެ. ދެ މީހުންނަކީ ވެސް ދިވެހިންނެވެ،

ރޭ ދަންވަރު ޖަލަށް އެތެރެ ކުރުނިކޮށް ފުލުހުން އަތުލައިގަނެފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ:
ސިމް ކާޑު (ދިރާގު)
62 ފޯނު ޗާޖަރު
39 ޔޫއެސްބީ ޑްރައިވް
22 ހެޑްސެޓް
5 އެޑެޕްޓާ
31 ފޯނު (ނޮކިއާ، އަދި އެލް އެއިޓް ސްޓާ)
41 ސްމާޓް ފޯނު
2 ސިވިން ކިޓް
5 ނިޔަފަތި ކަނޑާ ދަތި
5 ސުޕަ ގްލޫ، (އެލްޓެކޯ)
5 ކަތުރު
3 ކުޑަ ވަޅި
2 ފެމް ދަޅު
2 ކަޓަރު ތިލަ ފޮށި
2 އައޮޑިން ލޮނު ޕެކެޓު
4 ލޯގަނޑު
12 ދުނި ކީސްތިލަ
5 ސަމުސާ
5 ޔޫއޯ (ފޯކް)

މި މައްސަލަ މިހާރު މާފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.