މާފުށީ ޖަލު

މާފުށި ޖަލުގައި ދެ ގައިދީއަކު މާރާމާރީ ހިންގައިފި

މާފުށީ ޖަލުގެ ގޮޅިއެއްގައި ދެ ގައިދީއަކު މާރާމާރީ ހިންގައި އެތަނުން އެކަކު ފަރުވާދިނުމަށްޓަކާ އައިޖީއެމްއެޗަށް ގެނެސްފި އެެވެ.

މޯލްޑިވްސް ކަރެންޝަނަލް ސާވިސް އިން ބުނީ ގޮޅިއެއްގައި ދެ މީހަކު މާރާމާރީ ހިންގަނިކޮށް، ކަރެކްޝަންގެ އޮފިސަރުން އެ ދެ މީހުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެތަނުން އެކަކު ފަރުވާ ދިނުމަށްޓަކައި، އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ.

"އައިޖީއެމްއެޗްއަށް ގެނެސް ފަރުވާ ދެމުންދާ ގައިދީގެ ހާލަތު ސީރިއަސްއެއް ނޫން،" ކަރެކްޝަންސްގެ އޮފިޝަލް ވިދާޅުވި އެެވެ.

މި މާރާމާރީއާއ ގުޅުން ހުރި ފޮޓޯއެއް ކަމަށް ބުނެ ދައުރުވަމުންދާ ފޮޓޯ އަކީ ސައްހަ ފޮޓޯއެއް ނޫން ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ.