މަސްތުވާތަކެތި

ދެހަފްތާ ތެރޭގައި 5.5 މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖޮއިންޓް ޓާސްކްފޯސްގެ މަސައްކަތުން މިދިޔަ ދެ ހަފްތާގެ ތެރޭގައި 5.5 މިލިއަން ރުފިޔާގެ ބަނގުރަލާއި މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މިނިސްޓާ އޮފް ހޯމްލޭންޓް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފައާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންނާއި، ކަސްޓަމްސްއާއި، އިމިގްރޭޝަން އަދި ކަރެކްޝަން ގުޅިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި އޮޕަރޭޝަންގެ ތެރެއިން 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ އަތުލައިގެންފައިވާއިރު ގަވައިދާ ހިލާފަށް އުޅުނު 53
ބިދޭސީއަކުވެސް ހައްޔަރުކޮށްފައިވެ އެވެ.

މި އޮޕަރޭޝަނާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް މިނިސްޓަރުވެސް ކަމާ ގުޅޭ އިދާރާ އަކުންވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.