މޯލްޑިވްސް ޕޮލިސް ސާވިސް

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެ ކުރި މީހަކު ހައްޔަރުކޮށްފި

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލަޓީވިއާއަށް ނިސްބަތްވާ 49 އަހަރުގެ ފިރިހެނެކެވެ.

އޭނާ ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިމިގްރޭޝަންއާއި ކަސްޓަމްސްގެ އެހީތެރިކަމާއި އެކުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުން ދަނީ އޭނާ ދިރުވާލައިގެން ގެނައި މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ކުރަމުންނެވެ.