މަސްތުވާތަކެތި

ވައިގެ މަގުން ރާއްޖެ އެތެރެކުރި 9 ކިލޯގެ ޑްރަގު އަތުލައިގެންފި

ކަސްޓަމްސް އިން އަތުލައިގެންފައިވާ މަސްތުވާތަކެތި -- ފޮޓޯ: ކަސްޓަމްސް
0%
0%
0%

ވައިގެ މަގުން ރާއްޖެ އެތެރެކުރި 9 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ބުދަ ދުވަހު ރާއްޖެ އައި އެއާކާގޯ ޝިޕްމަންޓަކާއި، ޕޯސްޓް ޕެކޭޖެއް އަދި މިމަހުގެ 16 ވަނަ ދުވަހު ސްރީލަންކަން އެއާލައިންސްގެ ބޯޓަކުން ރާއްޖެ އައި 65 އަހަރުގެ ދިވެހި ފިރިހެނަކު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތަފްސީލް

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން ފުރަތަމަ މަރުހަލާގައި މިތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ހަތަރު ބާވަތަކަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފަސިންޖަރާއި، އަތުލައިގަނެވުނު ތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910