އެޑްވަޓޯރިއަލް

"ބްލޫ ލައިޓު"ން ރައްކާތެރިވާނެ ގޮތް

Aug 30, 2021

ފޯނުގެ ސްކްރީނަށް ގިނަ ވަގުތު ބެލުމާއި ލެޕްޓޮޕުން މަސައްކަތް ކުރުމާއި، ޓީވީ ބެލުމުގައި ގިނަ ވަގުތު ހޭދަކުރެވެއެވެ. ނަމަވެސް މިފަދަ އިލެކްޓްރޯނިކް ޑިވައިސްތައް މާގިނައިން ބޭނުންކުރުމަކީ އެހާ ރަގަޅު ގޮތެއް ނޫނެވެ. މިފަދަ ޑިވައިސްތަކުގެ ބްލޫ ލައިޓުން ލޮލުގެ ފެނުމަށް ގެއްލުން ލިބޭކަން އެނގޭ ހެއްޔެވެ؟

ބްލޫ ލައިޓްގެ ސަބަބުން ނިދަން އުނދަގޫވުމާއި، ލޯ ފުސްވުން ފަދަ ކަންކަން މެދުވެރިވެއެވެ. ހޯދުންތަކުން ދައްކާގޮތުގައި ކޮވިޑް-19 ގެ ސަބަބުން ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިފަދަ މައްސަލަތައް ވަނީ އިތުރުވެފައެވެ.

ބްލޫ ލައިޓްގެ ސަބަބުން މީހާގެ ލޮލަށް ލިބޭ ގެއްލުމާއި ގުޅޭ އިތުރު މައުލޫމާތު އައިކެއަރ އޮޕްޓިކަލްގެ ސީނިއާ ކޮންސަލްޓަންޓް އޮޕްތަމޮލޮޖިސްޓް، ޑރ. އަރުޖުން މައްލާ ބާރީ ވަނީ ދެއްވާފަ އެވެ.

ބްލޫ ލައިޓަކީ ކޮބާ؟

ބްލޫ ލައިޓަކީ އަހަރެމެންނަށް މިފެންނަ އަލީގައި ހިމެނޭ ލައިޓެކެވެ. ބްލޫ ލައިޓްގައި ހައި އެނާޖީ ވޭވް ހިމެނެއެވެ. މިއަލީގައި ހުންނަ ހައި އެނާޖީގެ ސަބަބުން ލޮލަށް ލިބޭ ގެއްލުން ބޮޑުވެއެވެ. އިރުގެ އަލިންވެސް ބްލޫ ލައިޓް ލޮލަށް ވާސިލްވެދާނެއެވެ. އަދި ފްލޮރިސެންޓް އައްޔާއި އެނާޖީ ސޭވިން ބޮތްކާއި، ޑިޖިޓަލް ބިލްބޯޑްތަކާއި، ލެޑް ޓީވީ އާއި، ކޮމްޕިއުޓަރު މޮނީޓަރުގެ އިތުރުން ސްމާޓް ފޯނާއި ޓެބްލެޓްގެ ސްކްރީނުންވެސް ބްލޫ ލައިޓް ލޮލަށް ވާސިލްވެއެވެ.

ބްލޫ ލައިޓްގެ ސަބަބުން ސިއްހަތައް ފައިދާތަކެއްވެސް ކުރެއެވެ. އެގޮތުން މީހާ އެލާޓް ކުރުމާއި، ހަނދާންކުރުމާއި ނިދާ ހޭލުމުގެ ސައިކަލްއަށް މީގެ ސަބަބުން ރަގަޅު އަސަރުތަކެއް ކުރެއެވެ. ނަމަވެސް ގިނަ ވަގުތު ސްކްރީނަށް ބެލުމާއި ސްކްރީނާއި މާ ކައިރިން ބެލުމުގެ ސަބަބުން ދިގު މުއްދަތަކަށް މިކަމުން ގެއްލުން ބޮޑުވެދާނެއެވެ.

ބްލޫ ލައިޓުން ލޮލަށް ގެއްލުން ވަނީ ކީއްވެ؟

ޑރ. އަރުޖުން ވިދާޅުވާ ގޮތުގައި މި އަލީގެ ސަބަބުން ކައިރި އަދި ދުރު މުސްތަގުބަލުގައި ލޮލަށް ލިބޭ ގެއްލުންތައް ގިނައެވެ. އެންމެ ބޮޑު ގެއްލުމަކީ ލޯ ހިކުމުގެ ސަބަބުން ދިމާވާ މައްސަލަތަކެވެ. މީގެ ސަބަބުން ބޮލުގައި ރިއްސާނެއެވެ. އަދި ލޮލުގެ ފެނުމަށް ބަދަލުތަކެއް އައިސްދާނެއެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް މީހާއަށް ގެއްލުންތަކެއް މީގެ ސަބަބުން ގެނުވައެވެ.

ކޮވިޑް-19 ގެ ޕެންޑެމިކްގެ ސަބަބުން ގިނަ ވަގުތު ސްކްރީނަށް ބެލުމުގެ ސަބަބުން މިފަދަ މައްސަލަތައް މިހާރު ދިމާވާ މިންވަރު ވަނީ އިތުރުވެފައެވެ.

ބްލޫ ލައިޓުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރާނީ ކިހިނެއް؟

ގޭތެރެއިންނާއި އަދި ގެއިން ބޭރުންވެސް ބްލޫ ލައިޓް އަހަރެމެންނަށް ލިބޭއިރު މީގެ ސަބަބުން އަހަރެމެންނަށް ލިބޭ ގެއްލުން ކުޑަކުރެވިދާނެއެވެ. އެންމެ ފުރަތަމަ ކުރެވިދާނެ ކަމަކީ ސްކްރީނަށް ބަލާ ވަގުތު މަދުކުރުމެވެ. މިފަދަ ޑިވައިސް ބޭނުންކުރަން ޖެހުނު ނަމަވެސް ކޮންމެ ބައި ގަޑިއިރަކުން ބްރޭކެއް ނަގާނެއެވެ. ގޭތެރޭގައި ހަރުކުރުމަށް ނިދާ ބޮކި ހިޔާރުކުރާއިރުގައި ރެޑް ލައިޓް ބޮކި ގަންނާށެވެ.

ލޮލުގެ ފަރުވާއާއި އައިނު ހެއްދުމަށް އައިކެއަރ އޮޕްޓިކަލްސް އަކީ ފެންވަރު ރަގަޅު ތަނެކެވެ. އަދި ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ.