މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ވެރިން އދގެ އެޑްވައިޒަރާއި ބައްދަލުކޮށްފި

Sep 1, 2021

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑާޝިޕްގެ ބޭފުޅުން އދ އިން ކަނޑައަޅާފައި ހުންނަވާ ސުލްހަ އާއި ތަރައްގީ އާއި ބެހޭ މުޝީރު ފާޑިނާޑް ވޮން ހަބްސްބާގް ލޮރިގެންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ހެދުނު އެމްއެންޕީގެ މައި އޮފީހުގައި އޮތް ބައްދަލްވުމުގައި ރާއްޖޭގެ ހާލަތާއި ސިޔާސީ މަސްރަހާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ޒުވާނުންނަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ގިނަ ޕާޓީތަކަށް ފުރުސަތު ދެވި ޑިމޮކްރަސީގެ އުސޫލުތައް ހަރުދަނާ ވަމުން އައި ނަމަވެސް ރައްޔިތުންގެ އުންމީދާއި އެއްވަރު ބަދަލުތައް އަންނަމުން ނުދާކަން އެމްއެންޕީގެ އިސް ބޭފުޅުން ފާހަގަކުރެއްވިއެވެ.

އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހުންނެވި ކާނަލް މުހައްމަދު ނާޒިމް ވަނީ އެމްއެންޕީއަކީ މުސްތަގްބަލަށް އޮތް އުންމީދެއް ކަމަށް ވިދާޅުވެފައެވެ.