އެލައިޑް އިންޝުއަރެންސް

އިމާރާތުގެ މަސައްކަތް ފެށުމުގެ ކުރިން ރައްކާތެރިކަން

Sep 2, 2021

މާލޭގެ ކޮންމެ މަގަކާއި ގޯޅިއެއްގައި ކޮންމެވެސް ގެއެއް އެތައް ބުރިއަކަށް އެބަ ހިއްލާލަ އެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ގެސްޓްހައުސް އަޅަމުން އެބަ ދެއެވެ. އަދި އަތޮޅުތަކުގެ އެކި އެކި ފަޅުރަށްރަށުގައި ރިސޯޓު ތަރައްގީކުރަމުން ވެސް އެބަ އާދެ އެވެ. އިމާރާތްކުރުން އޮތީ ރާއްޖޭގައި މެކުހަށް ޖަހާފަ އެވެ.

ހަމަ ކޮންމެ އިގްތިސާދީ މަސައްކަތަކަށް ވެސް ރިސްކުތަކެއް ނުވަތަ ގެއްލުމެއް ކުރިމަތިވުމުގެ ބިރު އޮވެ އެވެ. އަހަރެމެންގެ އިގްތިސާދުގައި އިތުރު "ލޭނާރަކަށް" ވަމުން އަންނަ ކޮންސްޓްރަކްޝަނާއި ކޮންޓްރެކްޓިން ދާއިރާ އަކީ ވެސް މިއިން އިސްތިސްނާއެއް ނޫނެވެ. ކުރިމަތިވެދާނެ ގެއްލުމަކުން ކޮންޓްރެކްޓިންގެ މަސައްކަތްތަކަށް ވެސް ރައްކާތެރިކަން ބޭނުންވާނެ އެވެ.

މި ރައްކާތެރިކަން ފޯރުކޮށްދެނީ އެލައިޑް އިންޝުއަރަންސްގެ ކޮންޓްރެކްޓާސް އޯލް ރިސްކު އިންޝުއަރެންސުންނެވެ.

ކޮންޓްރެކްޓާސް އޯލް ރިސްކުގެ ބޭނުމަކީ މަޝްރޫއެއް ހިންގަމުންދާއިރު ދިމާވާ ކަމަކުން މަޝްރޫއުގެ ވެރިޔާ ނުވަތަ މައި ކޮންޓްރެކްޓަރު ނުވަތަ ސަބް ކޮންޓްރެކްޓަރަށް ދިމާވެދާނެ މާލީ ގެއްލުމަކަށް ބަދަލު ލިބިގަތުމެވެ. އެގޮތުން މަޝްރޫއު ހިންގާ އެންމެ އިސް ފަރާތް، މައި ކޮންޓްރެކްޓަރު ނުވަތަ ސަބް ކޮންޓްރެކްޓަރަށް އެ ބައެއްގެ މަސްލަހަތު ރައްކާތެރި ކުރުމަށް މި ޕޮލިސީ ނެގިދާނެ އެވެ.

ކޮންޓްރެކްޓާސް އޯލް ރިސްކް ޕޮލިސީން ރައްކާތެރިކަމުގެ ފަށަލައެއް އެޅޭ މަޝްރޫއުތަކުގެ ތެރޭގައި ރެޒިޑެންޝަލް އިމާރާތް، ކޮމާޝަލް އިމާރާތް، ރިސޯޓު އެޅުމުގެ މަޝްރޫއު އަދި އެހެނިހެން މަޝްރޫއުތައް ހިމެނެ އެވެ. އެގޮތުން ޕްރޮޕަޓީއަށް އަލިފާނުގެ ހާދިސާއެއް، ހޮނު އެޅުން ނުވަތަ އެއްޗެއް ގޮވުމާއި، ފެންބޮޑުވުން އަދި ތޫފާނެއް އައުމުގެ އިތުރުން ވައްކަންކުރުމާއި، ކަރަންޓު ޝޯޓުވެ ކަމެއް މެދުވެރިވުން އަދި ޕްރޮޖެކްޓު ސައިޓުން ބޭރަށް ނިސްބަތްވާ އެއްޗަކާ ހެދި ސައިޓު ވެއްޓުން ނުވަތަ ހަލާކުވުން ފަދަ ސަބަބުތަކުން ޕްރޮޖެކްޓު ސައިޓާއި އެތަނުގައި ބޭނުންކުރާ މެޝިނަރީ އާއި އާލާތްތައް ރައްކާތެރިކޮށްދެ އެވެ.

މީގެ އިތުރުން ކޮންޓްރެކްޓާސް އޯލް ރިސްކް ޕޮލިސީ އަށް ތާޑް ޕާޓީ ލައިބިލިޓީ ވެސް އިތުރުކުރުމުގެ އިހުތިޔާރު ލިބޭނެ އެވެ. އެގޮތުން ހިންގަމުންދާ މަޝްރޫއުގެ ސަބަބުން ތިންވަނަ ފަރާތަކަށް ލިބޭ ޖިސްމާނީ އަނިޔާ ނުވަތަ ތިންވަނަ ފަރާތެއްގެ މުދަލަކަށް ލިބޭ ގެއްލުމެއްގެ ސަބަބުން، ޕޮލިސީ ނެގި ފަރާތަށް ގާނޫނީ ގޮތުން މަތިވާ ޒިންމާތަކަށް ދާ މާލީ ހަރަދު ކަވަރު ކުރެވޭނެ އެވެ. ނަމަވެސް ޕޮލިސީން ކަވަރު ނުކުރާ ބައެއް ކަންކަމަކީ ރަށް ގިރުމުގެ ސަބަބުން ޕްރޮޖެކްޓަށް ދިމާވާ ގެއްލުމާއި ޓެރަރިޒަމްގެ އަމަލެއްގެ ސަބަބުން ދިމާވާ ގެއްލުމާއި ފަރުވާ ކުޑަކޮށް މަސައްކަތްކުރުމުން ޕްރޮޖެކްޓަށް ދިމާވެދާނެ ގެއްލުމުގެ އިތުރުން، ވިޔަފާރި ހުއްޓުމުގެ ސަބަބުން ވިޔަފާރީގެ ފައިދާ އަށް ލިބިދާނެ ގެއްލުމެވެ.

މި ޕޮލިސީ ނެގުމުގެ އެއް ޝަރުތަކީ، ޕޮލިސީ ނަގާ ސިވިލް ކޮންޓްރެކްޓަރު ކުރާ މަސައްކަތުގެ އަގު، މުޅި މަޝްރޫއުގެ ޖުމްލަ އަގުގެ 50 ޕަސަންޓަށް ވުރެ މަތިވުމެވެ. އަދި އިންޝުއާ ކުރާ އަދަދަކީ ކޮންޓްރެކްޓަރުގެ ހުރިހާ މަސައްކަތެއް ޝާމިލުވާ އަގަކަށް ވާން ޖެހެއެވެ. އޭގެ ތެރޭގައި މެޓީރިއަލް ގަތުމުގެ ހަރަދާއި ކޮންސްޓްރަކްޝަން މަސައްކަތުގެ ހަރަދާއި ފްރައިޓާއި ކަސްޓަމްސް ޑިއުޓީއަށް ދާ ހަރަދާއި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭ މުސާރަ ފަދަ ހަރަދުތައް މީގައި ހިމެނެން ޖެހެ އެވެ. އިމާރާތެއް ނުވަތަ ރިސޯޓެއް އެޅުމަކީ އަގު ހެޔޮ ކަމެއް ނޫނެވެ. މަޝްރޫއެއް ހިނގަމުން ދާ އިރު ކޮންމެ ފަދަ ކަމަކާ ވެސް ދިމާވެ، ހުރަސް އެޅިދާނެއެވެ. ނަމަވެސް މޮޅު ގޮތަކީ ލިބިދާނެ ގެއްލުމަކަށް ރައްކާތެރިވެގެން މަސައްކަތް ހިންގުމެވެ.