މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ކުންފުންޏާ ބެހޭ ގާނޫނެއް ހަދަން، ބިލު އާއްމުންގެ ހިޔާލަށް

މިހާރު އަމަލު ކުރަމުންދާ ކުންފުންޏާ ބެހޭ ގާނޫނު އުވާލައި، ކުންފުންޏާ ބެހޭ އާ ގާނޫނެއް ހަދަން އާއްމުންގެ ހިޔާލަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ އިގްތިސޯދަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށްޓަކައި، ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން 2019-2023 (އެސްއޭޕީގައި) ހިމަނާފައިވާ މުހިއްމު ސިޔާސަތުތަކުގެ ތެރެއިން، ޤާނޫނީ އޮނިގަނޑެއް ތައާރަފުކޮށް، ވޯލްޑް ބޭންކުގެ ޑުއިން ބިޒްނަސް އިންޑެކްސްގައި ވިޔަފާރިތަކަށް ފަހި މާހައުލެއް އޮތް ގައުމުތަކުގެ ރޭންކިންގައި ކުރިއެރުމަށް ރާއްޖެއަށް އޮތް ހުރަސްތައް ނައްތާލުމައްޓަކައި 'ކުންފުނީގެ ބިލް' ގެ ދެލި ކޮޕީ އާއްމުންގެ ހިޔާލު ހޯދަން ބޭނުންވާ ކަމަށެވެ.

"ކުންފުނީގެ ބިލުގެ އެންމެ މުހިއްމު މަޤްޞަދަކީ، އިޤްތިސާދީ އަދި އިޖްތިމާއީ ނަފާ ހޯދުމަށްޓަކައި، އިޤްތިޞާދީ އުފެއްދުންތެރިކަމުގެބޭނުންތަކަށް ރައުސްމާލު އިންވެސްޓްކޮށް، އިޤްތިސާދީ އަދި ވިޔަފާރީގެ ރިސްކު ނަގައި، ޤައުމުގެ އިގްތިސާދުގައި ވިޔަފާރިތައް ހަރަކާތްތެރިވުމަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ،" އިކޮނޮމިކް މިނިސްޓްރީން ބުނެގފައިވެ އެވެ. "އަދި، ތަރައްގީވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރަމުންދާ ގާނޫނީ އުސޫލުތަކާ އެއްހަމައެއްގައި ދިވެހިރާއްޖޭގައި ވެސް ވިޔަފާރި ޝަޚްސެއްގެ ގޮތުގައި ކުންފުނި އުފައްދައި، ކުންފުނި ރަޖިސްޓަރީ ކުރުމާއި، ކުންފުނި ހިންގުމާއި، ކުންފުނި އުވާލުމުގެ ހަމަތަކާއި އެކަންކަމުގައި ޢަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތްތައް ކަނޑައެޅުމެވެ."

އެހެންކަމުން މި ބިލަށް ހިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން، މި އެ މިނިސްޓްރީއަށް އީ-މެއިލް ކުރުމަށް އެދިފައިވެ އެވެ.

ރާއްޖޭގައި މިހާރު އަމަލުކުރެވެމުންދާ ކުންފުންޏާބެހޭ ޤާނޫނަކީ 1996 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ޤާނޫނެކެވެ. ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ތަރައްގީވެފައިވާ ގައުމުތަކުން ވެސް އެ ގައުމުތަކުގެ ކުންފުނީގެ ގާނޫނީ ނިޒާމަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސް، އިންވެސްޓްމަންޓަށް ފަހި، ދެފުށް ފެންނަ މިންގަނޑުތައް ހިޔާރުކޮށްފައިވެ އެވެ.

ފަސް ދާއިރާއަކަށް އިސްލާހު ބޭނުންވޭ

  • ވޯލްޑް ބޭންކުގެ ޑުއިން ބިޒްނަސް އިންޑެކްސްގައި، ވިޔަފާރިތަކަށް ފަހި މާހައުލެއް އޮތް ޤައުމުތަކުގެ ރޭންކިންގައި ކުރިއެރުމަށް އޮތް ހުރަސްތައް ނައްތާލުން
  • ކުންފުނި އުފެއްދުމާއި، ހިންގުމާއި، އުވާލުމުގެ ކަންކަމުގައި، މިހާރު ދިމާވާ ދަތިތަކަށް ހައްލުތަކެއް ހޯދުން
  • އިންވެސްޓްމަންޓް ކުން ފުނި އުފެއްދުމަށް އެކަށީގެންވާ ބާވަތެއްގެ ގޮތުގައި ޕަބްލިކް ކުންފުނިތަކުގެ ޤާނޫނީ ނިޒާމު
  • ބަދަލުކުރުން
  • ކުންފުނީގެ ޤާނޫނީ ނިޒާމު، ޒަމާނާއެއްގޮތަށް ތަރައްޤީކޮށް، ޒަމާނީ ޤާނޫނީ މަފްހޫމްތަކާއި އުސޫލުތައް ޤާނޫނަށް
  • ގެނައުން
  • އިލެކްޓްރޯނިކް ޒަރީއާއިން ހިދުމަތަށް އެދި ހިދުމަތް ލިބިގަތުމުގައި އިތުބާރު ދެމެހެއްޓޭނެ ފަދަ އިންގާލާބީ
  • ބަދަލުތަކެއް ގެނައުން

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ބިލަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ މާޙައުލަށް އިންޤިލާބީ ބަދަލެއް ގެނެސް
އިންވެސްޓަރުންގެ ޝައުޤުވެރިކަން ހޯދައި ދެމެހެއްޓުމަށް އެޅޭ އެންމެ މުހިއްމު ބިންގަލެވެ. އެހެންކަމުން، މި ބިލުގެ ދާއިރާގައި ހިމެނޭ ކަންކަމަށް މާލީ، އިޤްތިސޯދީ، އިޖްތިމާއީ، ޤާނޫނީ އަދި ފަންނީ ނަޒަރަކުން މުރާޖައާކުރެވި ޢާންމުންގެ ޚިޔާލު ލިބުމަކީ ސަރުކާރުގެ މި މުހިއްމު މަސައްކަތަށް ލިބިގެންދާނެ އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމެކެވެ.