ގައުމީ ފުޓްބޯޅް ޓީމް

ޒުވާން ކުޅުންތެރިންނަށް ރަނގަޅު ފުރުސަތެއް

ޒުވާން ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން --ފޮޓޯ: އެފްއޭއެމް
0%
0%
0%

ޒުވާން ގައުމީ ފުޓްބޯޅަ ޓީމު މިހާރު ކުރިއަށް ގެންދާ ޓްރެއިނިން ކޭމްޕަކީ ޓީމާއި އަލަށް ގުޅެން ބޭނުންވާ ކުޅުންތެރިންނަށް ރަނުގެ ފުރުސަތަކަށް ވެގެންދާނެ އެވެ.

ކޭމްޕް ކުރުމަށް 23 އަހަރުން ދަށުގެ ގައުމީ ޓީމު ޅ. ނައިފަރަށް ފުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ކޭމްޕް ކުރިއަށް ދާނީ ނައިފަރާއި ހިންނަވަރުގަ އެވެ.

މި މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މި ކޭމްޕުގައި އަތޮޅު ތެރޭގެ ފަސް ރަށަކާއި އެކު މެޗު ކުޅުމަށް ވަނީ ނިންމާފަ އެވެ. އަދި މި މެޗު ތަކުގެ ތެރެއިން ފާހަގަކުރެވޭ މޮޅު ކުޅުންތެރިއެއް ފެނިއްޖެ ނަމަ ޓީމަށް ނަގާނެ ކަމަށް ކޯޗު އަލީ ސުޒޭން ބުންޏެވެ.

ޒުވާން ޓީމުން ޅ. އަތޮޅުގައި ކޭމްޕު ކުރަން ނިންމީ މިއަންނަ މަހު އޮންނަ އޭއެފްސީ އަންޑާ 23 އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗު ތަކަށް ތައްޔާރުވުމަށެވެ. މި ދަތުރުގެ ކުރިން ވަނީ ޒުވާން ޓީމުގެ ސްކޮޑަށް ކުޅުންތެރިން ނެގުމަށް ޓްރަަޔަލްއެއް ވެސް ބާއްވާފަ އެވެ. މި ޓްރަޔަލް އަށް ފަހު ދަތުރުގައި ބައިވެރިވީ 27 ކުޅުންތެރިންގެ ސްކޮޑެކެވެ.

ޒުވާން ޓީމު ނައިފަރުގައި ކޭމްޕް ކުރުމަށް ނައްޓާލަނީ --ފޮޓޯ: އެފްއޭއެމް

ކޮލިފިކޭޝަންގައި ރާއްޖޭގެ މެޗުތައް އޮންނާނީ މިއަންނަ އޮކްޓޫބަރު މަހުގެ 27 އިން 31 އަށް އުޒްބަކިސްތާނުގަ އެވެ. ރާއްޖެ ހިމެނޭ ގްރޫޕް ސީގައި ދެން އޮތީ އިރާގް، ބަހުރެއިން އަދި އަފްގާނިސްތާން އެވެ.

ރާއްޖޭގެ ފުރަތަމަ މެޗު އޮތީ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އެވެ. މި މެޗުގައި ރާއްޖެ ބައްދަލުކުރާނީ އިރާނާ އެވެ. އޭގެ ފަހުން 29 ވަނަ ދުވަހު ދެވަނަ މެޗުގައި ބަހްރެއިނާއި ވާދަކުރުމަށް ފަހު ތިންވަނަ މެޗުގައި އަފްގާނިސްތާނާއި ބައްދަލުކުރާނީ 31 ވަނަ ދުވަހު އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާނީ ކޮލިފިކޭޝަންގެ ކޮންމެ ގްރޫޕަކުން ވެސް އެއްވަނައަށްދާ ޓީމެކެވެ. އަދި ކޮންމެ ގްރޫޕަކުން ވެސް ދެވަނައަށްދާ ޓީމު ތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހޯދާފައިވާ ހަތަރު ޓީމެއް މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައި ވާނެ އެވެ.

މި ޓްރެއިނިން ކޭމްޕުގައި ޒުވާން ޓީމުގެ މެޗުތައް ކުޅެން ނިންމާފައިވަނީ ޅ. ނައިފަރު، ޅ. ހިންނަވަރު، ނ. ކުޑަަފަރީ، ނ. ހޮޅުދޫ އަދި ރ. މީދޫ ޓީމާއި ދެކޮޅަށެވެ. އެގޮތުން މިއަދު ޒުވާން ޓީމު ބައްދަލުކުރާނީ ނައިފަރު ޓީމާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910