ގައުމީ ފުޓްބޯޅް ޓީމް

ގައުމީ ފުޓުބޯޅަ ޓީމު އޭޝިއަން ކަޕް ކޮލިފައިންއަށް ފިލިޕީންސަށް ފުރައިފި

ގައުމީ ޓީމުގެ ޒުވާން ކީޕަރު ޔާމީން އަދި ޒުވާން ކުޅުންތެރިއާ މުޒްދާން ހަސަން -- ފޮޓޯ: ސިޑިބަރި
0%
0%
0%

ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅެވޭ މެޗުތަކުގެ ތެރެއިން މި މަހުގެ 25 ވަނަ ދުވަހު ފިލިޕީންސާ ދެކޮޅަށް ކުޅެވޭ މެޗަށް ދިވެހި ގައުމީ ފުޓްބޯޅަ ޓީމު އެ ގައުމަށް ފުރައިފި އެވެ.

މި މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުން ވަނީ އަވައްޓެރި އިންޑިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. ނަމަވެސް މި މެޗުން ރާއްޖެ ބަލިވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

ކޮލިފިކޭޝަންގެ ހަ މެޗުގެ ތެރެއިން ފަސް މެޗެއް މި އަހަރު ކުޅޭއިރު ފުރަތަމަ ތިން މެޗު ކުޅޭނީ ވެސް ބޭރު ގައުމުތަކުގަ އެވެ. އެއީ ޖޫން 10 ގައި އީސްޓް ޓިމޯއާ ކުޅޭ މެޗާއި، އޮކްޓޫބަރު 9 ގައި ތަޖިކިސްތާނާ ކުޅޭ މެޗެވެ. ރާއްޖޭގައި ފުރަތަމަ މެޗު ކުޅޭނީ އޮކްޓޫބަރު 14 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށެވެ. އޭގެ ފަހުން ނޮވެމްބަރު 18 ގައި ފިލިޕީންސާ ދެކޮޅަށް ކުޅުމަށްފަހު، އަންނަ އަހަރުގެ މާރިޗު 31 ގައި އީސްޓް ޓިމޯއާ ބައްދަލުކުރާނެ އެވެ.

ރާއްޖެއިން މީގެކުރިން ވަނީ ފިލިޕީންސާއި ތަޖިކިސްތާނާ ދެކޮޅަށް ކުޅެފަ އެވެ.

ފިލިޕީންސާ ދެކޮޅަށް ރާއްޖެ އެންމެ ފުރަތަމަ ކުޅެފައިވަނީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގަ އެވެ. އެފަހަރު މި ދެ ޓީމު ބައްދަލުކުރީ ސެމީފައިނަލްގައި ކަމަށްވާއިރު، ރާއްޖެ ބަލިވީ އިތުރު ވަގުތު ކުޅުމަށްފަހު 3-2 އިންނެވެ. އަދި އެންމެ ފަހުން 2021 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ކުޅުނު މެޗުން 1-1 އިން އެއްވަރުވި އެވެ. އެ މެޗުތައް ކުޅެފައިވަނީ ޔޫއޭއީގައި ސެންޓްރަލައިޒްކޮށެވެ.

ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެއިން ވަނީ ތިން މެޗެއް ކުޅެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 1998 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެ 3-0 އިން ބަލިވި މެޗާއި، 2011 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 0-0 އިން އެއްވަރުވި މެޗު އަދި 2015 ވަނަ އަހަރު ރާއްޖެ 2-0 އިން ބަލިވި މެޗެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345