މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

އައިޓީއެފްސީގެ މެންބަރުކަން ރާއްޖެ އަށް

Sep 5, 2021

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ ރަސްމީ މެންބަރަކަށް ރާއްޖެވާން ކުރަން ޖެހޭ މަސައްކަތް ފަށައިފި އެވެ.

ރާއްޖެއަށް މާލީ ގޮތުން އެހީތެރިކަން ދެމުން ގެންދާ އައިޓީއެފްސީގެ މެންބަރު ގައުމަަކަށް ވާން ރާއްޖޭން އެދިފައިވަނީ އުޒްބެކިސްތާނުގައި ކުރިއަށް ދިޔަ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)ގެ އަހަރީ އާއްމު ޖަލްސާގަ އެވެ.

ރާއްޖޭން އެދުނު ގޮތަށް އައިޓީއެފްސީގެ މެންބަރުކަން ރާއްޖެއަށް ވަނީ ލިބިފަ އެވެ. އައިޓީއެފްސީ އަކީ އައިޑީބީގެ ޖަމިއްޔާ އެކެވެ.

ރާއްޖެ އަށް އައިޓީއެފްސީގެ މެންބަރުކަން ލިބުމާއެކު އެކްޓިން ގަވަރުނަރުކަން ވަނީ މިނިސްޓަރު ފައްޔާޒަށް ލިބިވަޑައިގެންފަ އެވެ.

އައިޓީއެފްސީ އަކީ ރާއްޖެ އަށް މާލީގޮތުން އެހީތެރިވަމުން ގެންދާ ޖަމިއްޔާ އެކެވެ.