އެލައިޑް އިންޝުއަރެންސް

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނީ ކިހިނެއް؟

Sep 6, 2021
1

މާލެއަކީ ކާރުބާރު ބޮޑު އަދި ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ތޮއްޖެހިގެން މީހުން ދިރިއުޅޭ އެއް ސިޓީ އެކެވެ. ބުރިބުރިއަށް ނަގާފައިވާ އިމާރާތްތަކުގައި ގިނަ އަދަދެއްގެ ބަޔަކު އެކުގައި ދިރިއުޅޭ އާބާދެކެވެ. އަދި މީހުން ދިރިއުޅޭ އިމާރާތްތްތަކުގެ މެދުގައި އެކި ޒާތުގެ ތަކެތި ރައްކާތެރިކުރާ ގުދަންތައް ވެސް ހުންނަ ސަހަރެކެވެ. މި ތަނުގައި މީގެ ކުރިން އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގާފައި ވެ އެވެ. އެތައް މިލިއަން ރުފިޔާ އަކުން ގޭބިސީތަކާއި ވިޔަފާރިވެރިންނަށް ވަނީ ގެއްލުން ލިބިފަ އެވެ. ބައެއް އާއިލާ ތަކުން ދިރިއުޅުން މުޅިން ހެން އަލުން ފަށަން ވެސް ޖެހިފައި އެބަ ހުއްޓެވެ.

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި އަހަރެމެންނަށް ކުރެވޭނެ އެތައް ކަމެއް ހުރެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ

1
 

ހޭލުންތެރިވުން

އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކަކީ ކޮބާކަން އެނގުމަކީ ބޭނުންތެރި ކަމެކެވެ. އަދި ފަޔާ ހެޒާޑް ހުންނަ ތަކެތި ގޭތެރޭގައި ނުވަތަ އޮފީސް ތެރޭގައި ގެންގުޅޭނެ ގޮތާއި އަލިފާން ރޯވެއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތްތަކަކީ ކޮބާކަން ދެނެގަތުމަކީ ވެސް މުހިންމު ކަމެކެވެ.

2
 

އެލާމް ސިސްޓަމާއި އަލިފާން ނިއްވާ އާލާތް ހަރުކުރުން

ފަޔާ އެލާމެއްގެ ބޭނުމަކީ އަލިފާނުގެ ހާދިސާއެއް ހިނގައިފިކަން އިމާރާތުގައި ތިބި އެހެން މީހުންނަށް އަންގައި، އިމާރާތުން ނުކުތުމަށް އެންގުމެވެ. މީގެ އިތުރުން އަލިފާން ނިއްވާ ފުޅިއާއި ސްޕްރިންކްލާ ސިސްޓަމް ހަރުކޮށްފައި ބެހެއްޓުމަކީ ބޭނުންތެރި ކަމެކެވެ. އަދި އަލިފާނުގެ "އެކުވެރި" ދުން އުޅޭނަމަ އެކަން ދެނެގަތުމަށް ސްމޯކް ޑިޓެކްޓާ ހަރުކުރުމަކީ ވެސް މޮޅު ގޮތެކެވެ.

3
 

ފަރުވާކުޑަ ނުކޮށްލުން

އަލިފާނުގެ ހާދިސާތައް ހިނގުމަށް މެދުވެރިވާ އެއް ސަބަބަކީ ގޭތެރޭގައި އުޅޭ އުޅުމުގައި ފަރުވާ ކުޑަ ކޮށްލެވުމެވެ. މިސާލަކަށް، އެއްޗެއް ކައްކަން އުދާފައި ހަނދާން ނެތި ނިއްވާ ނުލެވި ގެއިން ބޭރަށް ދިއުން ފަދަ ހާދިސާތަކަކީ ވެސް އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ރިސްކު އޮންނަ ކަމެކެވެ. ނުވަގަ ކޮޓަރީގައި ރޯކުރާ ކެންޑްލްއާ މާ ކައިރީގައި އަލިފާން ހިފާ ތަކެތި ހުރުމަކީ ހުޅު ހިފުމަށާއި ފެތުރުމަށް އޮންނަ ފުރުސަތެކެވެ. މިކަންކަމާ މެދު ފަރުވާ ކުޑަ ނުކޮށްލައި، ސަމާލުވުމަކީ ބޭނުންތެރި ކަމެކެވެ.

4
 

އިންޝުއަރަންސް ހޯދުން

އަލިފާނުގެ ހާދިސާ އަކުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި އިންޝުއަރަންސް ކަވާއެއް ހޯދުމަކީ ވެސް ބުއްދިވެރި ގޮތެކެވެ. އެލައިޑް އިންޝުއަރަންސުން މި ކަމަށް ތަފާތު ހައްލުތަކެއް ހުށަހަޅައެވެ.

ހޯމް ތަކާފުލް މީހުން ދިރިއުޅޭ ގޭގޭގައި ހިނގާ ހާދިސާ ތަކުން ލިބޭ ގެއްލުމަށް ބަދަލު ލިބޭ ޕްލޭން ހިނގާ ހާދިސާއަކާ ގުޅިގެން މީހުން ދިރިއުޅޭ އިމާރާތަކަށް ލިބޭ ގެއްލުން ތަކަށް މި ޕްރޮޑަކްޓު މެދުވެރިކޮށް ކަވާ ލިބެ އެވެ. ކަވާ ލިބޭ ސަބަބުތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އިމާރާތަށް ގެއްލުން ލިބުން ހިމެނެ އެވެ.

ހޯމް ކޮންޓެންޓް ތަކާފުލް ގޭތެރޭގައި ހިނގާ ހާދިސާއެއްގެ ސަބަބުން ހިފާގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުމަށް ބަދަލު ލިބޭ ޕްލޭން މި ޕްރޮޑަކްޓުން ރައްކާތެރިކޮށްދެނީ އިމާރާތުގެ އެތެރޭގައި ގެންގުޅޭ އަމިއްލަ ތަކެއްޗާއި ހިފައި ގެންގުޅޭ ސާމާނެވެ. ހޯމް ކޮންޓެންޓް ތަކާފުލްއަކީ އަމިއްލަ ގެދޮރު ނުވަތަ ކުއްޔަށް އުޅޭ މީހުންނަށް ވެސް ނެގިދާނެ ޕްލޭނެކެވެ. މި ޕްރޮޑަކްޓުގެ ކަވަރޭޖު ލިބޭ އެއް ސަބަބަކީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން ދިރިއުޅޭ ތަނުގައި ހުރި ތަކެތި ހަލާކުވުމެވެ.

ފަޔާ އެންޑް އެޑިޝަނަލް ޕެރިލްސް މި އިންޝުއަރަންސް ޕްލޭނަކީ ވިޔަފާރިތައް ނުވަތަ ކޮމާޝަލް ޕާޓީތަކަށް ހާއްސަ ޕްލޭނެކެވެ. އަލިފާނުގެ ހާދިސާއެއް ހިނގުން، ހޮނު އެޅުން ނުވަތަ ކެއްކުމަށް ބޭނުންކުރާ ގޭސްފުޅިއެއް ގޮވުން ފަދަ ހާދިސާއެއް ހިނގައިގެން އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ލިބޭ ގެއްލުންތައް މި ޕްލޭނުގެ ދަށުން ކަވަރ ކޮށްދެ އެވެ. އޭގެ ތެރޭގައި އިމާރާތަށާއި ޕާމަނަންޓް ފިޓިންގްތަކަށް ލިބޭ ގެއްލުން ފަރުނީޗަރަށް ލިބުނު ގެއްލުން އަދި އިމާރާތަށް ދައްކަންޖެހޭ ކުލި ފަދަ ކަންކަން ކަވަރ ކޮށްދެ އެވެ. މީގެ އިތުރުން ވެސް ބައެއް އެހެން ގެއްލުން ތަކަށް މި ޕްލޭނުން ރައްކާތެރިކަން ފޯރުކޮށްދޭނެ އެވެ.

އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އަޅާ އެކިއެކި ފިޔަވަޅުތަކާ އެކު އިންޝުއަރަންސް ވެސް ނެގުމަކީ އެންމެ ރައްކާތެރި އެއް ގޮތެވެ. މިފަދަ ހާލަތްތަކަށް އެލައިޑުން ހުށަހަޅާ ހައްލުތަކާ ބެހޭ މައުލޫމާތު އެލައިޑް ގެ ވެބްސައިޓް އިން ލިބެން ހުންނާނެ އެވެ.