ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފު އެމްޑީއޭއަށް ސޮއި ކުރައްވައިފި އެވެ.
ހުސައިން އަރީފު މަޖިލީހަށް ހޮވި ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ޕީޕީއެމަށް ސޮއި ކުރެއްވުމަށްފަހު މިދިއަ މޭ މަހުގެ ތެރޭގައި ޕީޕީއެމުން ވަކި ވަޑައިގެން އަލުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ.
އެމްޑީއޭއަށް ސޮއި ކުރެއްވުމަށްފަހު ހުސައިން އަރީފު ވިދާޅުވީ އޭނާ އެ ޕާޓީއާ ގުޅިވަޑައިގަތީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ހަރުދަނާ ސިތާސަތުތަކުގެ ސަބަބުން ކަމަށެވެ.
ހުސައިން އަރީފު އެމްޑީއޭ އަށް ސޮއި ކުރެއްވުމުން އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު ވަނީ ހަޔަކަށް އިތުރުވެފަ އެވެ.