ދުނިޔެ

އަފްޣާނަށް ސައޫދީން އެހީތެރިވާނެ: ސައޫދީ

އަފްޣާނިސްތާނަށް މިއީ ދަތި އުނދަގޫ ދުވަސްތަކަކަށް ވާނެ ކަމަށް ގަބޫލު ކުރާ ކަމަށް ސައޫދީ އަރަބިޔާއިން ބުނެފި އެވެ. ސައޫދީން ބުނީ މި ދަނޑިވަޅުގައި އަފްޣާނަށް އެހީތެރިވާނެ ކަމަށާއި ސައޫދީ އޮތީ އަފްޣާން ރައްޔިތުންނާއެކު ކަމަށެވެ.

ސައޫދީ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން ވިދާޅުވީ އަފްޣާން ރައްޔިތުން ގައުމަށްޓަކައި ވަކި ގޮތެއް އިޚްތިޔާރުކޮށް ބަލައިގެންފި ނަމަ ސައޫދީން އެގޮތް ގަބޫލު ކުރާނެ ކަމަށާއި އެއީ އެހެން ގައުމަކުން ގޮތްފޮތް ކިއަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

އަފްޣާން ހަމަޖެހިފައި އޮތުމަކީ ސައުދީއަށް ފަސޭހަ ކަމަކަށް ވާނެ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ތާލިބާނުން ވެރިކަން ކުރި ނަމަވެސް ޚިޔާލު ތަފާތުވުން އަރާރުމަކަށް ވެގެން ނުވާނެ ކަމަށެވެ.

ސައޫދީގެ އުންމީދަކީ ގަބީލާތަކާއި ވަންހަތައް އަފްޣާން ސަރުކާރުގައި ޝާމިލްކުރުވުން ކަމަށް ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ ތާލިބާނުން ހެޔޮ ގޮތުގައި ވެރިކަންކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

އަފްޣާންގައި އިންތިގާލީ ސަރުކާރެއް އެކުލަވާލުމަކީ ހެޔޮ ފާލެއް ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އަފްޣާނުން ޓެރަރިޒަމް ނައްތާލައި ސުލްހަވެރި ގައުމެއް ގޮތުގައި ދުނިޔެއާ ގުޅިގެން އުޅެން ދަސްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އަފްޣާންގައި އިންތިގާލީ ސަރުކާރެއް އެކުލަވާލުމަކީ ހެޔޮ ފާލެއް ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އަފްޣާނުން ޓެރަރިޒަމް ނައްތާލައި ސުލްހަވެރި ގައުމެއް ގޮތުގައި ދުނިޔެއާ ގުޅިގެން އުޅެން ދަސްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ތާލިބާނުން އަފްޣާންގައި މިހާރު އޮތީ ވަގުތީ ސަރުކާރެއް އެކުލަވާލާފަ އެވެ. ގައުމު ހިންގުމުގައި މަތިވަޑިގައި ތިއްބަވާ ވަޒީރުން ކަނޑައަޅާފައި އޮތް ނަމަވެސް ތާލިބާނުން ބުނީ އަމަލީ މައިދާނުގައި މިވަގުތު ހަރަކާތްތެރިވާނީ މަދު ބަޔަކު ކަމަށެވެ.

ތާލިބާނުންގެ ސަރުކާރު ބަލައިގަތުމުގައި ދުނިޔެ އޮތީ މަސްހުނިވެފަ އެވެ. ގިނަ ގައުމުތަކުން ބުނަނީ ތާލިބާން ސަރުކާރު ބަލައިގަތުމުގައި ތެޅިގަތުން މުހިންމު ނޫން ކަމަށެވެ. ތާލިބާނުން ވެރިކަންކުރާ ގޮތް ބަލަން މަޑުކުރާނީ ކަމަށް ވެސް ބައެއް ގައުމުތަކުން ބުނެ އެވެ.