ދުނިޔެ

އަފްޣާނިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ 300 މަރު

އަފްޣާނިސްތާނަށް އާދަޔާޚިލާފަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އުތުރާއި ހުޅަނގުު އަވަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ އެވެ.

އދގެ ފުޑް ޕްރޮމުން ބުނާ ގޮތުން ފާއިތުވި ދެތިން ހަފުތާގެ ތެރޭގައި 300 އަށް ވުރެ ގިނަ މީހުން ވަނީ މިކަމާ ގުޅިގެން މަރުވެފަ އެވެ.

ގެދޮރު ގެއްލުނު އަދަދު އަދި ކަށަވަރު ނުވާ ކަމަށް ވެސް އދއިން ބުނެ އެވެ. ނަމަވެސް، ލިިބިފައި ހުރި ހިސާބުތަކަށް ބަލާއިރު 1،000 އަށް ވުރެ ގިނަ ދެގޮރު ބޭނުން ނުކުރެވޭ ވަރު ވެފައިވާ ކަމަށް ފުޑް ޕްރޮގްރާމުން ބުނެ އެވެ.

ތާލިބާނުންގެ ތަރުޖަމާން ޒަބީއުއްﷲ މުޖާހިދު ވިދާޅުވި ގޮތުައި އަފްޣާނިސްތާނަށް މިހާރު ކުރާ ވިއްސާރަ އަކީ އެ ސަރަހައްދުގެ ގައުމުތަކަށް ވެސް ދިމާވެފައި އޮތް މައްސަލައެކެވެ.

ޕާކިސްތާން އާއި އީރާންގެ ބޯޑަރަށް ވެސް ވަރަށް ބޯކޮށް ވާރޭވެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު އަވަށްތަކަށް ފުރަތަމައެހީ ދޭ ޖަމާއަތްތަކުން ގޮސްފައިވާ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އަދި ހާލުދެރަ މީހުންނާއި ފަރުވާއަށް ބޭނުންވާ މީހުން ސިއްހީ މަރުކަޒުތަކަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުޖާހިދު ވިދާޅުވި ގޮތުގައި ހާލުގައިޖެހިފައި ތިިބި އަވަށްޓެރިންނަށް އަފްޣާން ރައްޔިތުން އެހީވުމަކީ ތާލިބާން ސަރުކާރުން ވަރަށް ބޮޑަށް ތަރުހީބުދޭނެ ކަމެކެވެ. އަދި އެހީތެރިންގެ އަގުވަޒަންކުރާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

އަފްޣާނިސްތާންގައި މިދިއަ އޭޕްރީލްގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވި އެވެ. އެ ފަހަރު 70 މީހަކު ވަނީ މަރުވެފަ އެވެ.

ޕާކިސތާންގައި އޭޕްރީލް މަހު ބޯކޮށް ވާރޭވެހުމުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން މަރުވެ 89 އަށް ވުރެ ގިނަ މީހުން ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

މިއީ ގައުމުތަކަށް ބޯކޮށް ވާރޭވެހުމުގެ މައްސަލަ ބޮޑު ދުވަސްތަކެެވެ. ސައޫދީ އަރަބިއްޔާ އަށާއި ޑުބާއީ އަށް ވެސް މިދާކަށް ދުވަހު ވަރަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ.