ހިޔާ ފްލެޓްތަކުގެ ވެރިނަށް ހާއްސަ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ އެ ސަރަހައްދު ވަކި ޒޯނެއްގެ ގޮތުގައި ކަނޑައަޅައި ޕެޓްރޯލް ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. އަދި ކުށްކުރާ މީހުނަށް ސަމާލުވެ ހޭލުންތެރި ކުރުމުގެ ގޮތުން ފްލެޓްތަކުގެ ވެރިންނަށް ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. އެ ޕްރޮގްރާމް ހިންގަނީ ހުޅުމާލޭގެ އަވައްޓެރި ފުލުހުންނާއި ކްރައިމް ޕްރިވެންޝަން ޔުނިޓް ގުޅިގެނެވެ.
ހިޔާގެ ސެކިއުޓިރީއާ ގުޅޭ ގޮތުން ގޮތުން އެޗްޑީސީން ބުނީ އެޗްޑީސީގެ އިންސްޕެކްޓަރުން ހިޔާ ފްލެޓް ސަރަހައްދުގައި ހަރަކާތްތެރި ވާނެ ކަމަށާއި ވަރަށް އަވަހަށް ސީސީޓީވީ ކެމެރާ ހަރުކުރާނެ ކަމަށެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އެ ސަރަހައްދަށް ގިނަ އަދަދެއްގެ އަގު ބޮޑު މުދާ ވަނީ ޖަމާ ކޮށްފަ އެވެ. އަދި އެތައް ބަޔަކު ގެންދަނީ ފްލެޓްތައް ނިންމުމަށް 24 ގަޑިއިރު މަސައްކަތް ވެސް ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މުދާ ވަގަށް ގެންގޮސްގެން ބައެއް މައްސަލަތައް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އަދި އެ ސަރަހައްދުގައި އެއްވެސް ބަޔަކު ސެކިއުރިޓީ ބަލަހައްޓަމުން ނުދާ ކަމަށް ބުނެ ފްލެޓް ލިބުނު ބައެއް މީހުން ގެންދަނީ ޝަކުވާ ވެސް ކުރަމުންނެވެ.