ހިޔާ މަޝްރޫއު

ހިޔާ ފްލެޓް ތަކުގެ ގްރޭސް ޕީރިއެޑް އަދި އިތުރެއް ނުކުރޭ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތައް: އެތަނުގެ ގްރޭސް ޕީރިއެޑް އިތުރުކުރުމާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށް އެޗްޑީސީން ބުނޭ
0%
0%
0%

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ކުލި ނުދައްކާ އުޅެވޭ ދުވަސްތައް -- ގްރޭސް ޕީރިއެޑް-- އިތުރުކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ހިޔާ ފްލެޓްތަކުން ކުލި ނުދައްކާ އެޅެވޭނެ ކަމަށް ސަރުކާރުން ފުރަތަމަ ކަނޑައެޅީ ތިން މަސް ދުވަހެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކުރީ އެވެ.

އެކަމަކު ފިނިޝިން މަސައްކަތްތައް ނިންމުމަށްޓަކައި ގްރޭސް ޕީރިއެޑް އިތުރުކޮށްދިނުމަށް ގިނަ ބަޔަކު ދަނީ އަދިވެސް އެދެމުންނެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީގެ މީޑިއާ އޮފިސަލް އަލީ މަޝާރުއާ ސުވާލު ކުރުމުން ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ގްރޭސް ޕީރިއަޑް އިތުރުކުރުމާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީއާއިއެކު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. ނަމަވެސް އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ.

ހިޔާ ފްލެޓްތަކަށް ފެނާއި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދީ، އެތަނުގެ ގްރޭސް ޕީރިއެޑް ގުނަން ފަށާފައިވަނީ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 7،000 ފްލެޓުގެ 16 ޓަވަރު އިމާރާތް ކޮށްފަ އެވެ. އޭގެ ތެރެއިން 6،720 ފްލެޓް މީހުން ދިރިއުޅުމަށް ދޫކޮށްފައިވެ އެވެ.

ގްރޭސް ޕީރިއެޑް އިތުރު ނުކޮށްފިނަމަ، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އަންނަ މަހުން ފެށިގެން ކުލީގެ ގޮތުގައި 8،500 ،ރުފިޔާ ދައްކަން ޖެހޭނެ އެވެ. އެއީ ފްލެޓްގެ ކުއްޔަށް ދައްކަންޖެހޭ 7،000 ރުފިޔާ އާއި މެއިންޓަނަންސް ފީއަށް ދައްކަންޖެހޭ 1،000 ރުފިޔާ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910