ފެލިދޫ

ފެލިދޫގެ ރަށް ގިރާ މައްސަލަ މަޖިލީހަށް

ވ. ފެލިދޫ. ފެލިދޫގެ ރަށް ގިރާ މައްސަލަ މަޖިލީހަށް މިއަދު ހުށަހެޅި--- ފޮޓޯ/ ފެލިދޫ ކައުންސިލް
0%
0%
0%

ވ. ފެލިދޫ އާދަޔާ ހިލާފަށް ގިރަމުންދާ ކަމަށް ބުނެ އެ މައްސަލަ ހައްލުކޮށް ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު އެވެ.

ފަޒުލްގެ ގަރާރުގައި ބުނެފައިވާ ގޮތުގައި ފެލިދޫއަށް އަދަޔާހިލާފަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެ ރަށުގެ ނާޒަކު ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކާއެކު ރަށުގެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ.

އެގޮތޮން ހޮސްޕިޓަލާއި ސްކޫލާއި ރައްޔިތުންގެ ގޯތި ގެދޮރަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެފަރާތްތަަކުގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑުވެ ފެލިދޫގެ ރީތިކަމާއި ގޮނޑުދޮށް ހަލާކުވަމުންދާ ކަަމަށްވެސް ބުނެފައިވެ އެވެ.

ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތް ނަމަވެސް އެކަން ނުފެށި ލަސްވަމުންދާތީ ވެސް ފަޒުލް ކަންބޮޑުވުން ފާޅުކުރައްވައިފައި އެވެ. ފެލިދޫ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތް އަވަސްކޮށް ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ފަޒުލްގެ ގަރާރުގައި ގޮވާލައްވައިފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910