އިބްރާހިމް ފަޒުލް ރަޝީދު

ދެ ސްކޫލެއްގެ މަސައްކަތް އަވަސްކުރަން ގަރާރެއް

ފެލިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: މަޖިލިސް
0%
0%
0%

ވ. އަތޮޅުގެ ދެ ރަށެއްގެ ސްކޫލްގައި އަޅަން ނިންމާފައިވާ އިމާރާތްތަކުގެ މަސައްކަތް އަވަސް ކުރަން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަަޅައިފި އެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުގެ ގަރާރުގައި ބުނެފައި ވަނީ ފުލިދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓި ޕާޕަސް ހޯލެއް އަޅަން މިދިއަ ދެ އަަހަރު ބަޖެޓްކޮށްފައި އޮތަސް އެ މަސައްކަތް ފަށައި މަޑުޖެހިފައި އޮންނަ ކަމަށެވެ.

އަދި ވ. އަތޮޅުގެ އަތޮޅު މަދަރުސާގައި މަލްޓި ޕާޕަސް ހޯލް އަޅަން މިދިއަ ދެ އަަހަރު ބެޖެޓުކޮށްފައި އޮވެ، އެކަން ވެސް މިހާތަނަށް ފަށާފައި ނުވާ ކަމަށެވެ.

މެންބަރު ފަޒުލް ގަރާރެއް ހުށަހަޅުއްވައި އެދިވަޑައިގެންނެވީ އެކަން މަޖިލީހުގެ ކޮމެޓީއަކުން ބަލައި މަލްޓި ޕާޕަސް ހޯލް އަވަހަށް އެޅޭނެ ގޮތް ހޯއްދަވައި ދެއްވުމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345