ފެލިދޫ

ފެލިދޫގެ ނަރުދަމާއާ މައްސަލަ މަޖިލީހުން ބަލައެއް ނުގަތް

ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު
0%
0%
0%

ވ. ފެލިދޫގެ ނަރުދަމާގެ ނިޒާމާ ސްޓެލްކޯއިން ހަވާލު ނުވާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައި ނުގަނެ ބޭރު ކޮށްލައިފި އެވެ.

ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އަށް މެމްބަރުން ނެވެ. ނުފެންނަ ކަަމަށް 10 މެމްބަރުން ވޯޓު ދެއްވި އެވެ. އެހެންކަމުން އެ މައްސަލަ މަޖިލީހުން ބޭރުވީ އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ފަޒުލް ވިދާޅުވީ ފެލިދޫއަށް މިހާރު ކަރަންޓު ފޯރުކޮށް ދެނީ ސްޓެލްކޯއިން ކަމަށްވިޔަސް އެރަށުގެ ނަރުދަމާާއާ ސްޓެލްކޯއިން ހަވާލުވެފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ސިޓީ ފޮނުވުމުން ވެސް އެއްވެސް ހައްލެއް ނުލިބުނުކަން ފާހަގަ ކުރެއްވި އެވެ.

ނަރުދަމާގެ ކަންކަން ފެލިދޫގައި މިހާރު ބަލަހައްޓަމުން ދަނީ އެ ރަށުގެ ކައުންސިލުންނެވެ. ނަމަވެސް ފަޒުލްގެ ކަންބޮޑު ވުމަކީ އެކަންކަން ބަަލަހައްޓަން ފަންނީ މުވައްޒަފުންނާއި އިކުއިޕްމަންޓާއި ބަޖެޓުވެސް ނެތުމާއެކު އެކަމަށް ރައްޔިތުންގެ ފައިސާއިން ބޮޑު ހަރަދެއް ކުރަން ޖެހުމެވެ.

އޭނާ އިތުރަށް ވިދާޅުވީ ނަރުދަމާއަކީ އަސާސީ ހައްގެއް ކަމަށާއި އެހެން ރަށްރަށުގައި ވެސް އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ނަރުދަމާ ބަލަހައްޓަން ޖެހޭނީ ސްޓެލްކޯއިން ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910