ހަބަރު

އޭޑީކޭގެ އެންމެ ރަނގަޅު މުވައްޒަފަކަށް ޑރ. ނަޒްމާ

Nov 28, 2015
4

މިދިޔަ އަހަރު އޭޑީކޭ ހޮސްޕިޓަލްގެ އެންމެ ރަނގަޅު މުވައްޒަފަކަށް އަންހެނުންގެ ހާއްސަ ބަލިތަކާ ބެހޭ ޑރ. ނަޒްމާ ހަމީދު ހޮވައިފި އެވެ. "އެމްޕްލޯއީ އޮފް ދި އިޔާ 2014" ލިބުނު ޑރ. ނަޒްމާ ހަމީދު އޭޑީކޭ ހޮސްޕިޓަލްގެ ވަޒީފާއާ ގުޅިވަޑައިގަތީ 22 އޮގަސްޓް 2012 ވަނަ އަހަރު އެވެ.

މި މަގާމު ލިބުނު ޑރ. ނަޒްމާ އަށް އިނާމެއްގެ ގޮތުގައި 15،000ރ. އާއެކު ހޮންކޮންގަށް ދިއުމަށް ތިން ޓިކެޓު ހުރުމާއެކު ލިބިފައިވެ އެވެ. މި ދަތުރުގައި ޑިޒްނީ ލޭންޑް ބަލާލުމުގެ ފުރުސަތު ވެސް ލިބެ އެވެ.

"އެމްޕްލޯއީ ޕާފޯމަންސް އެވޯޑްސް" އެވޯޑު ދިނުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އެންމެ ރަނގަޅަށް ހިދުމަތް ކުރި މުވައްޒަފުންނަށް އަގު ވަޒަންކޮށް ހާއްސަ އެވޯޑެއް ދީފައިވެ އެވެ. މި އެވޯޑުތައް ދެނީ ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަހާލައިގެންނެވެ. މި އެވޯޑުތައް ދިނުމުގައި މުވައްޒަފުން ވަޒީފާގައި ސަމާލުކަން ދޭން ޖެހޭ ކަންކަމާއި މަސައްކަތުގެ އަހްލާގާއި ހާޒިރީ އަށްް ފަރުވާ ބެހެއްޓުން ފަދަ ގިނަ ކަންތައްތަކަށް ބަލާފައިވެ އެވެ. އޭޑީކޭ ހޮސްޕިޓަލުން މި އެވޯޑުތައް ދެމުން ގެންދާތާ ފަސް އަހަރުވެއްޖެ އެވެ.