މަގުމަތީގެ އެކްސިޑެންޓް

ފުވައްމުލަކު އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.

މިއެކްސިޑެންޓް މިދިޔަ އަންގާރަ ދުވަހު ހިނގީ ސައިކަލަކާއި ލޮރީއެއް ޖެހިގެންނެވެ.

އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ ސައިކަލް ދުއްވަން އިން މީހާ އެވެ.

އޭނާގެ ފައިގެން ކަށިގަނޑެއް ބިންދައިގެން ގޮސް ހަށިގަނޑުގެ އެތެރޭގެ ބައެއް ގުނަވަންތަކަށްވެސް ބައެއް ކަހަލަ ގެއްލުންތައް ލިބިފައިވާ ކަމަށް އެނގިފައިވެ އެވެ.

އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ވެސް ޔަގީންކޮށްދީފަ އެވެ.

އުމުރުން 19 އަހަރުގެ މި ޒުވާނާއަށް ފަރުވާ ދެނީ އޭޑީކޭ ހޮސްޕިޓަލް ގައެވެ.