ފުވައްމުލައް

ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

ޏ. ފުވައްމުލަކު ނައިބުތުއްތު މަހުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 30 އަަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނި ގޮތުގައި މިމަހުގެ ނުވަވަނަ ދުވަހުގެ ރޭ މި އެކްސިޑެންޓްގައި ހިނގީ ފުވައްމުލަކު ނައިބުތުއްތު މަގުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަގުގެ ބަމްޕަރެއްގެ މަތިން ކަހާލައިގެންނެވެ.

މި މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު ހޮސްޕިޓަލް ގައެވެ.

މި މީހާ މިއަދު މަރުވީ އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފުވައްމުލަކުގައި މިމަހުގެ ނުވަވަނަ ދުވަހު އެކްސިޑެންޓެއް ހިނގިއިރު ހަމަ އެ ދުވަހު ލ. އަތޮޅުގައި ހަދާފައިވާ "ލާމް ލިންކް" ގައިވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކު މަރުވެފައިވެ އެވެ.