ފުވައްމުލަކު ސިޓީގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ފުވައްމުލަކު މައިލޯ ސްޓޭޑިއަމް ކައިރީ ދެ ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަަަށެވެ. މި އެކްސިޑެންޓްގައި 28 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ އަންހެނަކަށް ވަނީ އަނިޔާވެފައެވެ.
ދެ މީހުންނަށްވެސް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އިތުރު ފަރުވާއަށް އެތަނުން އެކަކު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އެކްސިޑެންޓްވި ދެ ސައިކަލް ދުއްވާފައި ވަނީ ލައިސަންސް އޮތް ދެ މީހުންނެވެ.