ފުވައްމުލަކު ދިގުވާޑުގައި ސައިކަލަކާއި ގާޑިޔަލެއް ޖެހި ދެ މީހަކަށް ބޮޑެތި އަނިޔާތައް ވެއްޖެ އެވެ.
ދެކުނުގެ އެ ސިޓީގެ ކްރިކެޓް ސްޓޭޑިއަމް ކައިރިން މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ އިރާކޮޅު އެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓެއް ހިނގީ ސްޓޭޑިއަމްގެ އިރުން ހުޅަނގަށް ދުއްވި ސައިކަލެއް ގޮސް ގާޑިޔަލެއްގައި ޖެހިގެން ކަމަށެވެ.
ސައިކަލު ދުއްވީ ދޮށީ އުމުރުގެ ފިރިހެނެކެވެ. އޭގެ ފަހަތުގައި 16 އަހަރުގެ އަންހެން ކުއްޖަކު ވެސް އިނެވެ. ގާޑިޔަލުގައި އިނީ އެންމެ މީހެކެވެ. މި އެކްސިޑެންޓްގައި އަނިޔާވި ސައިކަލު ދުއްވަން އިން މީހާ އާއި ގާޑިޔަލުގައި އިން މީހާއަށެވެ، މީހާއަށަށެވެ. ކުޑަ ކުއްޖާއަށް ގެއްލުމެއް ނުވެ އެވެ.
ގާޑިޔަލުގައި އިން މީހާގެ ފަޔާއި އަތާއި ބޮލަށް އެކިވަރުގެ އަނިޔާވި އިރު ސައިކަލު ދުއްވި މީހާ ކޮނޑުކަށިގަނޑުގައި ރެނދުލައި އެކިވަރުގެ އަނިޔާތައް ވެސް ވެފައި ވެއެވެ.
އެ ދެ މީހުންނަށް ވެސް ފުވައްމުލަކުގެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި އިތުރު ފަރުވާއަށް ދެ މީހުން މާލެ ގެނައުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.