ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ކަނޑުތައް ގަދަވުމާ ގުޅިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން 12:00 އަށް ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކޮށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
ވައިގެ ބާރުމިން އުޅެނީ އަށް މޭލާއި 18 މޭލާ ދެމެދުގައި ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މެޓް އޮފީހުން ބުނީ ވައިގަދަވުމާ ގުޅިގެން ކަނޑުގެ ރާޅުގެ އުސްމިން ދެ ފޫޓާއި ފަސް ފޫޓާ ދެމެދަށް އުފުލޭނެ ކަމަށެވެ.
ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ކަނޑުތައް ގަދަވުމާ ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުން ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގެ މޫސުން ކުރިއަށް އޮތް ތިން ދުވަހަށް ވެސް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ދަތުރު ފެށުމުގެ ކުރިން ހުރިހާ ފަރާތްތަކުން މޫސުމުގެ މައުލޫމާތު ހޯދުމަށް ވެސް މެޓް އޮފީހުން ވަނީ އެދިފަ އެވެ.