ވިދާ ތަރި

ކާމިޔާބު ދަތުރު ފަށައި ދިނީ ބައްޕަ

އައިޝަތު ރަފާ ނާޒިމް (ރަފާ) 2015 ވަނަ އަހަރު ރާއްޖޭގެ ޓޭބަލް ޓެނިހުގެ ގައުމީ ޓީމަށް ކުޅެން ފެށި އެވެ. ގިނަ ދުވަސް ނުވެ ޓޭބަލް ޓެނިސް މުބާރާތަކުން ރާައްޖެއަށް ލިބުނު ފުރަތަމަ ރަން މެޑަލް ކާމިޔާބުކޮށް ރާއްޖޭގެ ތާރީހުން ޖާގައެއް ވެސް އޭނާ ހޯދި އެވެ.

ޓޭބަލް ޓެނިސް ކުޅުން ތެރިއެއްގެ ގޮތުގައި ރަފާ މަޝްހޫރުވެފަައިވި ނަމަވެސް، ރަފާ ބޮޑު އިސްކަމެއް ދެނީ ކިޔެވުމަށެވެ. ރަފާ ބުނި ގޮތުގައި ޓޭބަލް ޓެނިސް ކުޅުމާއި ކިޔެވުމާއި ދެ ކަމަށް ވަގުތު ދެމުން ދިޔަ ނަމަވެސް ފުރަތަމަ އަދި ބޮޑު އިސްކަމެއް ދީފައި އޮންނަނީ ކިޔެވުމަށެވެ. އިސްކަންދަރުގައި އުޅެމުން ރަފާ ވަަނީ "ބެސްޓް އޯލްރައުންޑާ" ކަން ހޯދަަފަ އެވެ. އޭނާ ބުނިގޮތުގައި އެފަދަ ޝަރަފެއް ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުަފަލެކެވެ.

"ސައިންސް ދާއިރާއާއި ގުޅޭ މާއްދާތައް ކިޔަވަމުން މިއައީ، ކުރިއަށް ވިސްނަނީ ސައިންސް އަދި ކުޅިވަރާައި ގުޅޭ ދާއިރާއަކުން ކުރިއަށް ދިޔުމަށް... މިސާލަކަށް ސްޕޯޓްސް މެޑިސިން ކަހަލަ" ރަފާ ބުންޏެވެ.

ކިޔެވުމާއި ޓޭބަލް ޓެނިހަށް ވަގުތު ހުސް ކުރުމަށް ފަހު އެހެން ކަންކަން ކުރަން ރަފާއަށް ވަރަަށް ވަގުތު ނުވެ އެވެ. ބައެއް ފަހަރު އެ ސަބަބާއި ހެދި ރަފާ ދެރަވާ ކަމަށް ވެސް ބުންޏެވެ. ނަމަވެސް ކިޔެވުމުން ޓޭބަލް ޓެނިހުގައު ނަތީޖާތަކާއި ވަނަތައް ލިބޭތީ އުފާވެ އެވެ. އެކަމަށް ވަަގުތު ދިނުމަކީ ކުރެވުނު ރަނގަޅު ކަމެއްކަމަށް ޔަގީންވާަ ކަމަށް ވެސް ރަފާ ބުންޏެވެ.

ސީއެޗްއެސްސީގެ ގްރޭޑް 12 އިގާ ކިޔަވާ ރަަފާ ޓީޓީ ކުޅުމަށް ޝައުގުވެރިވީ އޭނާގެ ބައްޕަ ކުޅޭތަން ފެނިގެނެވެ. ރަފާ ބުނިގޮތުގައި ކުޑައިރު ބައްްޕަ ޓީޓީ ކްލަބަކަށް ކުޅެން ދާއިރު ރަފާ ވެސް ގެންދެ އެވެ. އަދި އެތަަނުގައި މީހުންނާަ ބައްދަަލުވެ ޓީޓީ ތަޖުރިބާ ކޮށްލަން ލިބުމުން ޝައުގުވެރިކަން އުފެދުނީ އެވެ. އަދި ރަފާގެ ފުރަތަމަ ކޯޗަކީ ވެސް އޭނާގެ ބައްޕަ އެވެ.

"އެ ތަނުގައި ބޭއްވި ކުޑަ މުބާރާތެއްގައި ބައްޕަޔާއެކު ފައިނަލްގައި ވާދަކޮށް މޮޅުވެސް ވި، ވަރަށް އުފާވި އަދި ހިތްވަރު ލިބުނު،" ރަފާ ބުންޏެވެ.

ވައިޑީޕީއަށް ވަދެ ފަހުން ރާއްޖޭގެ ޓޭބަލްޓެނިސް ކޮމިއުނިޓީއާ ގުޅުނެވެ. އެކަން ރަފާ ސިފަ ކުރަނީ ވަރަށް ތަފާތު ތަޖުރިބާއެއްގެ ގޮތުގަ އެވެ. ތަފާތު ގިނަ މީހުންނާ ބައްދަލުވެ ގިނަ ކަންތައްތަކެއް ދަސްވި ކަމެއްގެ ގޮތުގަ އެވެ. އެފަދަ ބޮޑު ކޮމިއުނިޓީއަކާއެކު އުޅުމުގެ މުހިންމުކަން އެނގުނެވެ.

ޓޭބަލް ޓެނިހުގައި ހަލުއިކޮށް ކުރިއެރުން ހޯދައި މަތީ ވަނތައް ރަފާ ހޯދާފައި ވެއެވެ. އަދި 2015 ވަނަ އަހަރު ގައުމީ ޓީމުން ޖާގަ ހޯދި އެވެ. ގައުމީ ޓީމުގައި ވެސް ވަނަ ތައް ހާސިލުކޮށް 2019 ވަނައަހަރުގެ އައިއޯއައިޖީގައި ރަން މެޑަލްވެސް ހޯދި އެވެ. ރަފާގެ އަމާޒަކީ ގައުމަށް އިތުރު މެޑަލްތައް ހޯދައި ދިނުމެވެ. އެންމެ ބޭނުން ވަނީ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވެ ރާައްޖެއަށް ރީތި ނަމާއި މެޑަލް ހޯދަައި ދިނުމެވެ.

ރަފާ ބުނި ގޮތުގައި ރފާ ކުރިއަށް އޮތްތާނގައި ވެސް ޓޭބަލް ޓެނިހޔުގެ ދައިރާއިން އޭނާ ފެންނާނެ އެވެ. އުންމީދަކީ އެ ކުޅިވަރުގައި މިހާރަށްވުރެ އުހަށް ދިއުމެވެ.