ދިރާގު

ސަޅި ޕްރިވެޑް ޕްރޮމޯޝަނަށް އަންނަ މަހުގެ 14 އާ ހަމައަށް

Sep 17, 2021

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ކުރިއަށް ގެންދާ ޕްރޮމޯޝަން އަންނަ މަހުގެ 14 އަށް އިތުރުކޮށްފި އެވެ.


ދިރާގުން ބުނީ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ސަޅި ޕްރީޕެއިޑްގެ ހުރިހާ ޕެކޭޖަކުން ވެސް ދުވާލަކު ދެ ޖީބީ ޑޭޓާ ލިބުމުގެ އިތުރުން ސޯޝަލް މީޑިއާ ޑޭޓާގެ އަދަދު ފަސް ގުނަ އިތުރަށް ލިބިގެން ދާނެ އެވެ.

ޕްރޮމޯޝަން ކުރިއަށްދާއިރު ޕްރީޕެއިޑް ކަސްޓަމަރުންނަށް "ސަޅި ވީކްލީ" އަދި "ސަޅި ދޭ ވީކްސް" އަދި "ސަޅި މަންތްލީ" ޕްލޭނުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ދެ ޖީބީ ޑޭޓާގެ އިތުރުން އިތުރު ސޯޝަލް މީޑިއާ ޑޭޓާ އެ މުއްދަތައް ލިބިގެން ދާނެ އެވެ. މީގެ އިތުރުން، ސަޅި ޕްރީޕެއިޑްގެ ކޮންމެ ޕެކޭޖަކުން ވެސް ކަސްޓަމަރުންނަށް ދިރާގު ނަންބަރުތަކަށް މުޅިން ހިލޭ ބޭނުން ވަރަކަށް ގުޅާލެވޭނެ އެވެ.

ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭން ތަކަކީ އެންމެ ގިނަ ޑޭޓާ ހަމަ އެއްމެ އެކްޓިވޭޝަނަކުން ފޯރުކޮށްދޭ ޕްރީޕެއިޑް ޕްލޭން ތަކެވެ.

ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭން ތައް ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެ އެވެ. އެގޮތުން މިހާރު ކަސްޓަމަރުންނަށް 21 ޖީބީ ހަމަ އެންމެ 145 ރުފިޔާ އަށް ދިރާގު ސަޅި ޕްރީޕެއިޑުން ލިބިގެންދާނެ އެވެ.