އެލައިޑް އިންޝުއަރެންސް

ބިދޭސީ މުވައްޒަފުންގެ ސިއްހަތުގެ މުހިންމުކަން

Sep 19, 2021

ރާއްޖެއަކީ އާބާދީ ކުޑަ ގައުމެކެވެ. ނަމަވެސް ގައުމުގެ އިގްތިސާދީ ދުވެލި ދުވަހެއް ދުވަހަކަށް ހަލުއިވެ، ބޮޑުވަމުން އަންނަ އިގްތިސާދީ ހުރިހާ މަސައްކަތެއްގައި އުޅޭނެ މިންވަރަށް ދިވެހީންނެއް ނެތެވެ. އެހެންކަމުން އެކިއެކި މަސައްކަތްތަކަށް އަހަރެމެންގެ ވިޔަފާރިތަކާއި ކުންފުނިތަކުން ކައިރި އަދި ދުރު ގައުމުތަކުން ބިދޭސީންގެ އެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މި އަހަރު ބުނެފައިވާ ގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ އުމުރުގެ މީހުންގެ ތެރޭގައި ދިވެހީންނަށް ވުރެ ބިދޭސީން ގިނަ އެވެ.

ބޭރު މަސައްކަތްތެރިންނާއި މުވައްޒަފުން ގައުމަށް މުހިންމު ވާ މިންވަރު މިކަމުން ހާމަވެއެވެ. އެމީހުން ތިބެނީ ހެޔޮހާލުގައި ކަމާއި އެމީހުންނަށް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ހައްލަކާ ދިމާއަށް ދިއުމަށް އަހަރެމެން އެހީތެރިވާން ޖެހެއެވެ. ބޭރު ގައުމެއްގައި އުޅޭ އިރު ހިދުމަތް ހޯދުމަށް އެކިއެކި ހުރަސްތައް ހުންނާނެކަން ދަނެ އެ ހުރަސްތައް ގިރާކުރުމަށް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. މީގެ ކުރިން ރާއްޖޭގައި އެތައް ބިދޭސީ މަސައްކަތްތެރިންނަށް ބަލިތަކާ ކުރިމަތިވުމުން ވެސް ހޮސްޕިޓަލުން ހިދުމަތް ނުހޯދާ ތިބެ މަރުވުން ފަދަ ހާދިސާތައް ވެސް ފެންމަތިވެފައިވެ އެވެ. އެއީ ސިއްހީ ހިދުމަތް ހޯދުމަކީ އެ މީހުންނަށް މިހާތަނަށް ވެސް މާލީ ބޮޑު ބުރައަކަށް ވެފައި އޮތުމުންނެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބޭރު މީހުން ވޯކް ޕާމިޓަށް އެދުމުގެ ކުރިން މެޑިކަލް އިންޝުއަރަންސް ޕްލޭނެއް ނަގަން އިކޮނޮމިކް މިނިސްޓްރީން ލާޒިމުކޮށްފައި އޮންނަނީ މިކަން ކަށަވަރުކުރުމަށެވެ. މި ފަދަ އެންމެ ފުރިހަމަ ޕްލޭނު އޮންނަނީ އެލައިޑް އިންޝުއަރަންސްގަ އެވެ. އެލައިޑްގެ "އެކްސްޕެޓްރިއޭޓް ޕްލަސް" ޕްލޭނަކީ ހެޔޮ އަގެއްގައި ނެގޭ އަދި ސިއްހީ ހިދުމަތް ހޯދުމަށް ފަސޭހަކޮށްދޭ ޕްލޭނެކެވެ. އެކްސްޕެޓްރިއޭޓް ޕްލަސްއަކީ ވޯކް ޕާމިޓު ނަގާ ބިދޭސީންނަށް ހާއްސަ ޕެކޭޖެކެވެ. އަދި މިއީ ރާއްޖޭގައި ލިބެން ހުރި މި ފަދަ އިންޝުއަރަންސްތަކުގެ ތެރެއިން އެންމެ ފުރިހަމަ ގަތުމަށް ފަސޭހަ އަދި އެންމެ ފައިދާ ބޮޑު ޕްލޭނެވެ.

އެލައިޑްގެ އެކްސްޕެޓްރިއޭޓް ޕްލަސް ޕެކޭޖުގެ ޕްރީމިއަމްއަކީ އަހަރަކު އެންމެ 800 ރުފިޔާއެވެ. ނަމަވެސް އެ ކުޑަކުޑަ އަދަދު ދައްކާލައިގެން އަހަރަކު 100,000 ރުފިޔާއާ ހަމައަށް ހިދުމަތް ހޯދޭނެއެވެ. ޕްލޭނުގެ ދަށުން ހޯދޭ ހިދުމަތްތަކުގެ ތެރޭގައި އިންޕޭޝަންޓް ހިދުމަތްތައް (އައިސީޔޫ، ވޯޑު، ހޮސްޕިޓަލުން ދޭ ހިދުމަތް، އޮޕަރޭޓިން ތިއޭޓަރުގެ ހިދުމަތްތައް) އަދި ސާޖަރީއާ ގުޅުންހުރި ބައެއް ހިދުމަތްތައް ކަވަރުކޮށްދޭނެ އެވެ. ސާޖަރީއާ ގުޅުން ނެތް ބައެއް މެޑިކަލް ހިދުމަތްތަކަށް ވެސް ކަވަރޭޖު ލިބޭނެ އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުގައި ބޭއްވުމުގެ ކުރިން ސްޕެޝަލިސްޓުންނަށް ދެއްކުމުގެ ހަރަދު އަދި ހޮސްޕިޓަލުގައި ބާއްވައި ދޫކޮށްލުމަށްފަހު 31 ދުވަހުގެ މުއްދަތަށް ހިނގާ ޓްރީޓްމަންޓުގެ ހަރަދު ހިމެނެ އެވެ.

މި ޕްލޭނުގެ ދަށުން މީހަކަށް އައުޓްޕޭޝަންޓް ހިދުމަތްތަކަށް ހަރަދުކުރެވޭނީ އަހަރަކު 2,000 ރުފިޔާ އެވެ. އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމުގެ ހަރަދާއި ބޭސްނެގުމުގެ ހަރަދާއި އެހެނިހެން މެޑިކަލް ހިދުމަތްތަކުގެ ހަރަދާއި އެމަބިއުލާންސަށް ކުރާ ހަރަދު ހިމެނެ އެވެ.

އެލައިޑްގެ "އެކްސްޕެޓްރިއޭޓް ޕްލަސް" ގެ އެންމެ ހާއްސަ ސިފައަކީ ލިބޭ ކޭޝްލެސް ހިދުމަތެވެ. މާނައަކީ މިއީ ހިދުމަތް ހޯދުމަށްފަހު ފައިސާ އަނބުރާ ހޯދުމަށް ކްލެއިމްކުރުމުގެ ބަދަލުގައި ހިދުމަތަށް އެދޭ އިރު ސީދާ އެލައިޑް އިންޝުއަރަންސްގެ ފަރާތުން ހަރަދުތައް ހަމަޖައްސައިދޭ ހިދުމަތެކެވެ. އެގޮތުން މި ޕްލޭނުގެ ދަށުން ރާއްޖޭގެ ސަރުކާރު ހޮސްޕިޓަލްތަކުން މުޅިން ކޭޝްލެސް ހިދުމަތް ލިބޭނެ އެވެ.އަދި އަމިއްލަ ތިން ހޮސްޕިޓަލު ކަމުގައިވާ އޭޑީކޭ މެޑިކާ އަދި ޓްރީޓޮޕް އިން ކޯ-އިންޝުއަރަންސަށް ކުޑަކުޑަ މިންވަރެއް ދައްކާލައިގެން ފުއްދާލެވޭނެ އެވެ.

އެލައިޑްގެ ގިނަ ހިދުމަތްތަކެކޭ އެއްފަދަ އިން އެކްސްޕެޓްރިއޭޓް ޕްލަސް ޕެކޭޖަކީ ވެސް އޮންލައިންކޮށް ނެގޭ ޕްލޭނެކެވެ. ބޭނުންކޮށްލަން ފަސޭހަ އެލައިޑްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް ޕްލޭން ގަތުމަށް އެދި ހުށަހަޅާ އިރު އެކަކަށް ވުރެ ގިނަ މީހުންނަށް އެއްފަހަރާ ޕްލޭން ގަނެވޭނެ އެވެ. ވޯކް ޕާމިޓު ވީސާ ފިޔަވާ އިންޝުއަރަންސް ޕްލޭނެއް ނަގަން "މޯލްޑިވްސް އިމިގްރޭޝަނުން" ލާޒިމު ކުރާ އެހެނިހެން ވިސާތަކަށް އެލައިޑް އިންޝުއަރަންސުން ވިއްކާނީ އަހަރަކު 550 ރުފިޔާގެ ޕްރީމިއަމެއް ދައްކަންޖެހޭ "އެކްސްޕެޓްރިއޭޓް އިންޝުއަރަންސް"އެވެ.