ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިންފޮގްރެފިކް

ކޮވިޑާއެކު ދުނިޔެއިން ދީލައި އެހީއެއް

Sep 21, 2021

ކޮވިޑް-19 ގެ ސަބަބުން ދުނިޔެ އިން "ބަލިނުވާ" ގައުމެއްނެތެވެ. އެންމެ ކުޑަ ގައުމާއި ބޮޑު ގައުމު ވެސް މި ބަލީގައި ބަލިކޮށްލައި "ކަކޫ މައްޗަށް" ތިރި ކޮށްލި އެވެ. މި ބަލިން ދުނިޔެ އަށް ޔަގީންވި އެއް ކަމަކީ އެއްވެސް ގައުމެއް ވަކިވެ ގަނެގެން އުޅެވެން ނެތް ކަމެވެ. ގުޅިގެން ނޫން ގޮތަކަށް ދުނިޔޭގައި އުޅެން ފަސޭހަ ނުވާނެ ކަމެވެ. އެހެންވެ ބައެއް ގައުމު ތަކުން އެ މީހުންގެ ހާރިޖީ ސިޔާސަަތަށް ބަދަލު ގެނައިތަން ފެނުނެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "ކޯލިޝަން ގަވަރުމަންޓް" ގެ މައި ބިން ގަލަކީ ދުނިޔެއާ ގުޅިގެން އުޅުން ކަމަށްވުމުގެ ނަތީޖާއަކީ މި ބަލީގައި އެހީތެރިކަން ލިބުނު ދުނިޔޭގެ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ. އެހީގެ ސަފުގައި އެންމެ ކުރީގައި ރާއްޖެ އޮތުމެވެ. ކޮވިޑާއެކު ދުނިޔެ އިން ރާއްޖެ އަށް ދީލަތި އެހީއެއް ލިބުނު ސަބަބަކީ މިއެވެ.

ކޮވިޑު ލައްވާލައި ރާއްޖޭގެ އިގްތިސޯދުގެ މައި އިންޖީނު ކަމަށްވާ ޓޫރިޒަމް ހުއްޓުމާއެކު ޖެހުނީ "ހޯދުނު ގޮތަކަށް ހޯދައިގެން ނަމަވެސް" ރައްޔިތުންގެ މުހުތާދުތައް ފުއްދައިދޭށެވެ. އެހެންވެ އެންމެ ބޮޑަށް ހޯދަން ޖެހުނީ ފައިސާ އެވެ. އެކަމުގައި ދުނިޔެ އިން ވަނީ ރާއްޖެ އަށް ބޮޑު އެހީއެއް ދީފަ އެވެ. މި ބަލީގެ ސަބަބުން އިގްތިސޯދު ބަލިވެފައިވަނިކޮށް "ކޮވިޑް-19 ރިލީފް، މާލީ އެހީ" ގެ ގޮތުގައި މާލީ އިދާރާ ތަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 519.8 މިލިއަން އެމެރިކާ ޑޮލަރު "ސޮފްޓް ލޯނާއި" ހިލޭ އެހީގެ ގޮތުގައި ދީފައިވެ އެވެ. ރާއްޖެ އަށް 13 މާލީ އިދާރާ އަކުން އެހީތެރިކަން ދީފައިވެ އެވެ.

މި ބަލީގެ ސަބަބުން އިގްތިސޯދު ބަލިވެފައިވަނިކޮށް "ކޮވިޑް-19 ރިލީފް، މާލީ އެހީ" ގެ ގޮތުގައި މާލީ އިދާރާ ތަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 519.8 މިލިއަން އެމެރިކާ ޑޮލަރު "ސޮފްޓް ލޯނާއި" ހިލޭ އެހީގެ ގޮތުގައި ދީފައިވެ އެވެ. ރާއްޖެ އަށް 13 މާލީ އިދާރާ އަކުން އެހީތެރިކަން ދީފައިވެ އެވެ.

މި ބަލި ދުނިޔެއާ ކުރިމަތިވީ ބުނެފައެއް ނޫނެވެ. އެހެންވެ ބަލިން ރައްކާތެރިވުމަށް ސިއްހީ ދާއިރާ އިން ބޭނުންވާނެ އާލަތްތައް ހޯދައި ދުނިޔެ އޮތީ ތައްޔާރުވެފައެއް ނޫނެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ ވެސް ޖެހުނީ ދުނިޔޭގެ އެހި ގައުމު ތަކުން އެހީތައް ހޯދާށެވެ. ސާމާނު ހޯދާށެވެ. މި ވަގުތުގައި ރާއްޖޭން އެދުމުގެ މަތިން ދުނިޔޭގެ ގިނަ ގައުމުތަކުން އެހީތެރިކަން ދިނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ބަލާނަމަ 13 ގައުމަކުން ރާއްޖެ އަށް އެހީ ދީފައިވެ އެވެ. މި އެހީތަކުގެ ތެރޭގައި ހަމައެކަނި ހިމެނެނީ ފައިސާއެއް ނޫނެވެ. މި އެހީގެތެރޭގައި ސިއްހީ ދާއިރާގެ ރައްކާތެރިކަމަށް އަޅާ ޕީޕީއީ އާއި މެޑިކަލް އިކްއިޕްމަންޓު ވެސް ހިމެނެ އެވެ.

ބައެއް ސާމާނާއި އެހީދިން ފަރާތްތައް

  • އޮސްޓްރޭލިއާ: ޕީޕީއީ
  • ބަންގްލަދޭޝް : 23 މީހުންގެ މެޑިކަލް ޓީމެއް، ޕީޕީއީ، ބޭސް އަދި މެޑިކަލް ސާމާނު، ކާބޯތަކެތީގެ އެހީތެރިކަން
  • ކެނެޑާ: އެއް މިލިއަން ޑޮލަރު، ޕްރޮޖެކްޓް ސަޕޯޓް
  • ޗައިނާ: ޕީޕީއީ، ޑައިގްނޯސްޓިކް އިކުއިޕްމަންޓް، ކެއާ ބެޑްސް އަދި ވެންޓިލޭޓަރު
  • ޗައިނާ: (ހެޔޮ އެދޭ ފަރާތްތައް) ޕީޕީއީ، ޑައިގްނޯސްޓިކް އިކުއިޕްމަންޓް، ކެއާ ބެޑްސް އަދި ވެންޓިލޭޓަރު
  • ޔޫރަޕިއަން ޔޫނިއަން: ތިން މިލިއަން ޑޮލަރު
  • އިންޑިއާ: ވޫހާންގައި ބަންދުވެފައިވާ ދިވެހި ދަރިވަރުން ގެނައުން
  • އިންޑިއާ: 14 މީހުންގެ މެޑިކަލް ޓީމް، ޕީޕީއީ އަދި ބޭސް، ކާބޯތަކެތީގެ އެހީތެރިކަން
  • ޔުނިސެފް: ހިލޭ 356,400 ޑޮލަރު
  • ޖަޕާން: 1.4 މިލިއަން ޑޮލަރު
  • ޖަޕާން (ހެޔޮ އެދޭ ފަރާތްތައް) ޕީޕީއީ
  • ކޮރެއާ: ޕީޕީއީ
  • މެލޭޝިއާ: ޕީޕީއީ
  • ރާއްޖެ (ވެލާ ޕްރައިވެޓް އައިލެންޑްގެ ވެރި ފަރާތެއް) ޑައިގްނޯސްޓިކް އިކުއިޕްމަންޓް
  • ސިންގަޕޯ (ޕޮންޓިއެކް ލޭންޑް ގްރޫޕް) ޕީޕީ.އީ
  • ސިންގަޕޯ (ކުރީގެ ހައި ކޮމިޝަނަރު) ޕީޕީއީ
  • ސިންގަޕޯ (ހިއަޕް ހުއަޓް ޕެއިންޓްސް ކޯ) ޕީޕީއީ
  • ސިންގަޕޯ (ހޮޓެލް ޕްރޮޕަޓީޒް ލިމިޓެޑް) ޕީޕީއީ އަދި ވެންޓިލޭޓަރު
  • ސިންގަޕޯ (މައިނާ ގްރޫޕް)ޑައިގްނޯސްޓިކް އިކުއިޕްމަންޓް
  • ސިންގަޕޯ (ޓެމެސެކް ފައުންޑޭޝަން) ޕީޕީއީ އަދި ޑައިގްނޯސްޓިކް އިކުއިޕްމަންޓް
  • ތައިލެންޑް (ކްރައުން ކޮމްޕެނީ) ޕީޕީއީ
  • ޔުނިސެފް އީ-ލަރނިން ސަޕޯޓް، އެމަރޖެންސީ ރެސްޕޯންސްގެ އެސް.އޯ.ޕީ. ތައްޔާރުކުރުމަށް ފަންނީ އެހީ
  • ޔޫއޭއީ: ޕީޕީއީ އަދި ޑައިގްނޯސްޓިކް އިކުއިޕްމަންޓް
  • ޔޫއޭއީ: ޕީޕީއީ، ޑައިގްނޯސްޓިކް އިކުއިޕްމަންޓް އަދި ވެންޓިލޭޓަރު
  • އެމެރިކާ: ޕީޕީއީ އަދި ބޭސް ގްރާންޓް އިކޮނޮމިކް ރިކަވަރީ ސަޕޯޓް

މި ބަލީގެ ސަބަބުން ރާއްޖެ އަށް ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން ގިނަ ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ވެސް ސަރުކާރަށް ބޮޑު އަދަދު ތަކެއް ދިޔައީ ދެމުންނެވެ. މި ފައިސާއަކީ ލޯނުގެ ގޮތުގައި ދިން އެހީ ތަކެއް ނޫނެވެ. މިއީ ހިލޭ ދޭދޭ ގައުމުތަކުގެ ގުޅުންތަކުގެ ސަބަބުން ދީފައިވާ މާލީ ހިލޭ އެހީތެރިކަމެވެ. މި އެހީތައް ދިނުމުގައި ބޮޑެތި ގައުމުތަކުގެ އެއްބާރުލުނާއެކު މާލީ ދިރާސާތަކުން ކުރީ ސަފަށް ނުކުރެވެ.

ހިލޭ އެހީ: ގައުމުތާއި އިދާރާ ތަކުން ދިން ނަމްބަރުތައް

  • ޖަޕާން ސަރުކާރު: 31 މިލިއަން ޑޮލަރު
  • އިންޑިއާ ސަރުކާރު: 167 މިލިއަން ޑޮލަރު
  • ޔޫއެސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް: 32 މިލިއަން ޑޮލަރުއޭ
  • އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް: 81 މިލިއަން ޑޮލަރު
  • ޔޫރަޕިއަން ޔޫނިއަން: 9.1 މިލިއަން ޑޮލަރު
  • ވޯލްޑް ބޭންކް / އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް 85 މިލިއަން ޑޮލަރު
  • އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް: 50 މިލިއަން ޑޮލަރު
  • އެމެރިކާ ސަރުކާރު: ދެ މިލިއަން ޑޮލަރު
  • ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސް: 87,500 ޑޮލަރު
  • ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަން: 3.1 މިލިއަން ޑޮލަރު
  • އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން: 50,000 ޑޮލަރު
  • އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާ ޑިވެލޮޕްމަންޓް: 1.2 މިލިއަން ޑޮލަރު

މިހުރިހާ އެހީތަކެއް ލިބިގެންދިޔަ އެއް ސަބަބަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތެވެ. ގައުމުތަކާ ގުޅިގެން ދުނިޔެ އުޅެން ދަސްކޮށްފައިވުމެވެ. ކޮވިޑާއެކު ދުނިޔެއިން ދީލައި އެހީއެއް ދިނީ އެހެންވެ އެވެ.