ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް ވެކްސިން ގަންނާނެ ބަޔަކު ނުވެ ބަޔޯންޓެކަށް 721 މިލިއަން ޑޮލަރު ގެއްލުން

ޖަރުމަނުގެ ބަޔޯޓެކް ފާމެއް ކަމަށްވާ ބަޔޯންޓެކަށް މި އަހަރު 721 މިލިއަން ޑޮލަރު ގެއްލުންވެއްޖެ ކަމަށް ބުނެފި އެވެ. ސަބަބެއް ކަމަށް ބުނީ ކޮވިޑް ވެކްސިނަށް ޑިމާންޑު ނެތުމުން ކަމަށެވެ.

ދުނިޔެއަށް 2019 ގައި ފެތުރިގަތް ކޮވިޑް-19 އަށް ދެމެހެއްޓެނިވި ވެކްސިނެއް ކަމަށް ބުނެ ބަޔޯންޓެކުން އުފެއްދި ކޮވިޑް ވެކްސިން އެ ދުވަސްވަރު މާރުކޭޓުގައި ވިކިގެން ދިޔައީ ފަތުއަޑުކިޔާފަ އެވެ.

އެމެރިކާގެ ބޭސްއުފައްދާ ފައިޒާއާ ގުޅިގެން ބަޔޯންޓެކުން ވަނީ ދުވަހަކުވެސް އެކުންފުންަޏަށް ނުލިބޭ ވަރަށް ފައިސާ ހޯދާފަ އެވެ.

ބަޔޯންޓެކްގެ މާލީ ހިސާބުތައް ދައްކާ ގޮތުން ފާއިތުވި 2023 އަށް ވުރެ ކުންފުނީގެ ވިޔަފަރި މި އަހަރު 27 ޕަސެންޓް ވަނީ ދަށްވެފަ އެވެ. އަދި 2022 ގައި ލިބުނު އާމްދަނީއަށް ވުރެ 2023 ގައި ލިބުނު އާމްދަނީ ދަށްކަން ވަނީ ފާހަގަކޮށްފަ އެވެ.

ކޮވިޑް ވެކްސިނަށް މާކެޓު ގެއްލެން ފަށާފައި ވާތީ ބަޔޯންޓެކުން މިހާރު ދަނީ އެހެން ދިމަދިމާގައި އިންވެސްޓްކުރަމުންނެވެ. ބަޔޯންޓެކުން ބުނާ ގޮތުން ކެންސަރު ފަދަ ފަރުބާއެއް ބޭނުންޖެހިފައި ހުރި ބަލިތަކަށް އެ ކުންފުނިން އިންވެސްޓްކުރާނެ އެވެ،

ފާއިތުވި ދެ އަހަރަށް ބަލައި، މި އަހަރަކީ ކުންފުންޏަށް ފާގަތި އަހަރަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް ބަޔޯންޓޭކް މެނޭޖްމަންޓުން ބުންޏެވެ.