ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

333،000 މީހުން ވެކްސިން ފުރިހަމަކޮށްފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ދާއިރު މިހާތަނަށް 333،662 މީހުން ވެކްސިން ފުރިހަމަކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ އަންގާރަ ދުވަހު 1133 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 925 މީހުންނާއި މާލެ ސަރަހައްދުން ވެކްސިން ދިން 208 މީހުންނެވެ.

މިހާރު ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. މިހާތަނަށް ރާއްޖެއިން 391،309 މީހަކަށް ފުރަތަމަ ޑޯޒް ދީފައިވެެއެވެ. އަދި 333،662 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

އެޗްޕީއޭއިން ވަނީ ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމްވެސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައެވެ. ސުކޫލު ދަރިވަރުންގެ 40،000 ވުރެ ބޮޑު އާބާދީގެ 95 ޕަސެންޓް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ރައީސް ސޯލިހް ރޭ ވަނީ ވިދާޅުވެފައެވެ.