ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ދެވަނަ ޑޯޒް %84، ބޫސްޓާ %34 މީހުން ޖަހައިފި

ކޮވިޑް-19 އިން ދިފާއުވުމަށް ޖަަހަމުންދާ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް އާބާދީގެ 84.72 ޕަސެންޓް މީހުން ޖަހައިފި އެވެ. ކޮވިޑް ވެކްސިން މިވަގުތު ދެމުން އަންނަނީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށެވެ.

އެޗްޕީއޭއިން މިއަދު ބުނީ އެ އާބާދީގެ 88 ޕަސެންޓް މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ 398،459 މީހުންނެވެ.

ދެވަނަ ޑޯޒް ޖަހާފައިވަނީ 84.72 ޕަސެންޓް މީހުންނެވެ. އެއީ 383،601 މީހުންނެވެ. ބޫސްޓާ ޑޯޒް ޖަހާފައިވަނީ 154،798 މީހުންނެވެ. އެއީ އާބާދީގެ 34.19 ޕަސެންޓް މީހުންނަށެވެ.

ރާއްޖޭގެ މުޅި އާބާދީއަށް އަދި ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ފުދޭ މިންވަރަށް ވެކްސިން ވަނީ ލިބިފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ ރާއްޖޭގައި އިއުލާނު ކޮށްފައިވާ އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ކޮވިޑް-19 އާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކަށް ވަނީ ނިމުން ގެނެސްފައެވެ. ސިއްހީ ކުއްލި ނުރައްކާ އުވާލާފައިވަނީ ދެ އަހަރަށް ފަހު އެވެ.

މީގެ އިތުރުން މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތް އޮތުން ނިމުމަކަަށް ވަނީ ގެނެސްފައެވެ.