ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

350،000 މީހަކު ވެކްސިން ފުރިހަމަ ކޮށްފި

ކޮވިޑް ވެކްސިން ޖެހުމަށް ފަހު ސުކޫލު ދަރިވަރަކު ވެކްސިން ކާޑު ދައްކާލަނީ: މިހާތަނަށް 350،000 މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައި -- އަވަސް ފޮޓޯ
0%
0%
0%

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ދާއިރު މިހާތަނަށް 350،739 މީހުން ވެކްސިން ފުރިހަމަކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ ބުރާސްފަތި ދުވަހު 1311 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 786 މީހުންނާއި މާލެ ސަރަހައްދުން ވެކްސިން ދިން 525 މީހުންނެވެ.

މިހާރު ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. މިހާތަނަށް ރާއްޖެއިން 393،611 މީހަކަށް ފުރަތަމަ ޑޯޒް ދީފައިވެެއެވެ. އަދި 350،739 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

އެޗްޕީއޭއިން ވަނީ ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމްވެސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައެވެ. ސުކޫލު ދަރިވަރުންގެ 40،000 ވުރެ ބޮޑު އާބާދީ ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345