މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ކުރިއަށް އޮތީ ވައިގަދަ، ކަނޑުގަދަ 36 ގަޑިއިރު

ކުރިއަށް އޮތް 36 ގަޑިއިރު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައްވެސް ގަަދަ ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިރޭ ނެރެފައިވާ އެލާޓެއްގައި ބުނެފައިވަނީ އުތުރާއި މެދުއަތޮޅުތަކުގައި އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލަށް ވައިޖެހޭނެ ކަމަށް ބެލެވެއެވެ. އަދި ދެކުނު އަތޮޅުތަކުގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

މި ވަގުތުތަކުގައި ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ. ހާއްސަކޮށް ރޭގަނޑު ދަތުރުކުރާއިރު އަދި ބުރިޖާއި ހަައިވޭގެ އެއްގަމު ދަތުރުތަކަށްވެސް ސަމާލުވުމަށް އެދިފައިވެއެވެ.