މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

"ޝާހިން" ގެ އަސަރެއް ރާއްޖެއަށް ނުކުރާނެ

ތޫފާން "ޝާހީން" އަސަަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޯލްޑިވްސް މީޓޮރޮލިޖަކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ އިރުއުތުރު އަރަބި ކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ "ޝާހީން" ގެ ނަން ދީފައިވާ ކަމަށެވެ. ތޫފާން "ޝާހީން" ބާރުގަދަ ތޫފާނަކަށް ބަދަލުވެ ކުރިއަށް އޮތް 36 ގަޑިއިރުތެރޭ ހުޅަނގު އުތުރުން އަދި އޭގެ ފަހުން ހުޅަނގުގެ ދެކުނަށް ގަލްފޮ އޮމާންއަށް ދަތުރުކޮށް ބާރުގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ނަމަވެސް މި ތޫފާނުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށްވެސް ބުންޏެވެ.