ރައީސް އޮފީސް

ޕްލޭނިންގެ ސްޓޭޓް މިނިސްޓަރަކަށް ސޯބެ

Oct 3, 2021
2

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަބްދުﷲ ސޯދިގު މިއަދު އައްޔަން ކުރައްވައިފި އެވެ

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވަނީ ސޯދިގަށް މަގާމުގެ ލިޔުން ހަވާލު ކުރައްވާފަ އެވެ.

ސޯދިގަކީ އައްޑޫ ހިތަދޫއަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލާ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ސަނަދު ހާސިލް ކުރައްވާފަ އެވެ.

‎މީގެ އިތުރުން ސޯދިގަކީ އައްޑޫ ސިޓީގެ މެޔަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ތިން ދައުރު ފުރިހަމަ ކުރައްވާފައެވެ.